މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރާ ސަރަޙައްދުން ރުށްގަސް ނެގުމާ ގުޅޭ

ނ. ކުޑަފަރީ އަލަށް ފާސްކުރެވޭ ބިނާވެށި ޕްލޭނާ އެއްގޮތަށް ގޯތި ދޫކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ތެރޭ އާންމު ސަރަޙައްދުތަކުގައި ހުރި ބައެއް ރުއް، އެ ރުއްތައް ހުރި ސަރަޙައްދު ނޫން އެހެން ސަރަޙައްދުތަކަށް ގެންދާން ޖެހެއެވެ. މި ގޮތަށް ގެންދާން ޖެހޭ ރުއްތަކުގައި ކައުންސިލް އިދާރާގެ ފަރާތުން ރަތްކުލައިގެ ފާހަގައެއް ޖަހަމުންގެންދާނެއެވެ.

ވީމާ، އާންމު ސަރަޙައްދުތަކުގައި ހުރި ރުއްތަކުގައި ރުއްތަކުގެ ވެރި ފަރާތަކުގެ ސަމާލުކަމަށް ދެންނެވީމެވެ.

މި މަޝްރޫޢުގެ ދަށުން އެހެން ސަރަޙައްދުތަކަށް ގެންދެވޭ ރުއްތަކުގެ ބަދަލު ދިނުމުގެ ކަންކަން، ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނޭ ވާހަކަ ވެސް ދަންނަވަމެވެ.

12 މާރިޗު 2023
ހޯދާ