ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

      މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ދެވަނަ އިޢުލާނަށް އެއްވެސް ފަރާތަކުން ސައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ.

      މި ބީލަމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން 2023 މާރޗް 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގައި އޮންނާނެއެވެ. މި މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

      ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 މާރޗް 19 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު 13:00 ގައެވެ.

12 މާރިޗު 2023
ހޯދާ