މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމާރ

އިޢުލާނު

މަޤާމު:

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމާރ

މަޤާމުގެ ނަންބަރު:

J-367113

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

އައި.ސީ.ޓީ އެންޑް ޑޭޓާ މެނޭޖްމަންޓް ޑިވިޜަން / ޑޭޓާ ޕްރޮސެސިންގ އެންޑް ޑޭޓާ މެނޭޖްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ، ދިވެހިރާއްޖެ

މުސާރަ:

މަހަކު 7,035.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ނޭޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު)

މިމަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މިމަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިނަކީ ކޮމްޕިއުޓަރ ސައިންސް. ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

އަދި ޓެކްނިކަލް ކޯ ނުލިބޭނަމަ މިމަޤާމަށް ކަނޑައެޅިފައިވާ ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެމް.ބީ.އެސް އިން ގައުމީ ފެންވަރެއްގައި ކުރާ ބޯހިމެނުން އަދި ސަރވޭ ތަކަށް ބޭނުންވާ ކަޕީ އެޕްލިކޭޝަންތައް ޑިވެލޮޕްކޮށް، ޓެސްޓްކޮށް އަދި ފީލްޑް މަސައްކަތް ބަލަހައްޓާ އެހީތެރިވުން
  2. ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ތަފާސްހިސާބުގެ ނިޒާމުގެ ތެރެއިން ކުރެވޭ ސާރވޭތަކުގެ ޑޭޓާ ޕްރޮސެސިންސްއަށް އެހީތެރިކަން ފޯރުކޮށްދީ ބެލެހެއްޓުން.
  3. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑޭޓާ ކަލެކްޓް ކުރެވޭ ނިޒާމްތައް ގާއިމްކުރުމުގައި އެހީތެރިވެ ބެލެހެއްޓުން (ކަވީ، ކަޓީ، ކެޕީ ފަދަ)
  4. ސެންސަސް/ ސާރވޭތަކުގައި ނެގޭ ޑޭޓާ އިންސްޕެކްޓުކޮށް، ކްލީންކޮށް، އެޑިޓްކޮށް އަދި ފައިނަލް ޑޭޓާ ސެޓު ތައްޔާރު ކުރުމުގައި އެހީތެރިވެ ބެލެހެއްޓުން
  5. ސެންސަސް/ ސާރވޭތަކުގައި ނެގޭ ޑޭޓާތައް ސްޓޭންޑަޑައިޒް ފޯމެޓްތަކަށް ބަދަލުކުރުމުގައި އެހީތެރިވެ ބެލެހެއްޓުން (ސީއެސްވީ، ޑީޓީއޭ، އެސްޑީއެމްއެކްސް، ފަދަ)
  6. އެމްބީއެސްގެ އެކި އެކި ސެކްޝަންތަކުން ބޭނުންވާ އަދި ޑޭޓާ ޔޫސަރސް ބޭނުންވާ ތާވަލްތަކަށް ޑޭޓާ ނަގައިދިނުން ބެލެހެއްޓުން، އަދި އެމް.ބީ.އެސް ގެ މައިކްރޯ ޑާޓާސެޓްތައް ބޭނުން ކުރުމައް ޑޭޓާ ޔޫސަރސް ތަމްރީނުކޮށް އަހުލުވެރި ކުރުވުން
  7. ސާރވޭ/ ސެންސަސް ޑޭޓާ ސެޓް އެނޮނިމައިޒްކޮށް ޑޭޓާ ޔޫސަރސްއަށް ފޯރުކޮށްދިނުމުގައި އެހީތެރިވުން
  8. ބިގްޑޭޓާ ބޭނުންކޮށްގެން އޮފިޝަލްސްޓެޓިސްޓިކްސް ތަރައްގީކޮށް ޑޭޓާގެޕްކުޑަކުރާނެ ގޮތްތައް ދެނެގަނެ ކަމާބެހޭ ޑިވިޝަންތަކާއި ގުޅިގެން އެމަސައްކަތް ކުރޭތޯ ބަލާ އެހީތެރިވުން
  9. ސްޓެޓިސްޓިކްސް ޑިވިޜަނުން ސަރވޭތަކުގެ ޑޭޓާއެންޓްރީ ޕްރޮގްރާމްތައް ތައްޔާރުކުރުމާއި، ޑޭޓާ އެޑިޓްކުރުމާއި، ޓޭބަލްތައް ޖެނެރޭޓްކޮށް ޑޭޓާބޭސް އެކުލަވާއި މެނޭޖްކުރުމާއި އަދި މައިކްރޯ ޑޭޓާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން. އަދި މިމަސައްކަތް ހިނގާދިޔަގޮތް ފުރިހަމައަށް ޑޮކިއުމަންޓް ކުރުމުގައި ބައިވެރިވުން.
  10. އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސައްކަތުގައި ޑޭޓާ އެޑިޓްކުރުމާއި، ޓޭބަލްތައް ޖެނެރޭޓްކޮށް ޑެޑްލައިނަށް ނިންމުން އަދި މިމަސައްކަތް ހިނގާދިޔަގޮތް ފުރިހަމައަށް ޑޮކިއުމަންޓް ކުރުމުގައި ބައިވެރިވުން.
  11. ސަރވޭގެ ޑޭޓާ ކަލެކްޝަން އަދި ޕްރޮސެސިންގ އާއި ޑޭޓާ މެނޭޖްމަންޓް، ޒަމާނާއި އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުން
  12. މިބިއުރޯއިން ތައްޔާރުކޮށް އާއްމުކުރާ ޑޭޓާބޭސް އެޕްލިކޭޝަންތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގައި އެހީތެރިވެދިނުން.
  13. ސަރވޭތަކުގެ ޑޭޓާ ބޭސްތައް އެކުލަވާލާ މެނޭޖްކުރުމާއި އާކައިވްކުރުމުގައި އެހީތެރިވުން.
  14. ސަރވޭއާއި ޑޭޓާޕްރޮސެސިންގގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، ސަރވޭގައި އެއްކުރާ މަޢުލޫމާތުތައް ޒަމާނާއި އެއްގޮތަށް ތަރައްޤީކުރުން އިރުޝާދު ދިނުން
  15. ސަރވޭތަކުގެ ޑޭޓާ ޑިސެމިނޭޓްކުރުމާއި، އެޑްމިނިސްޓްރޭޓިވް އަދި އެނަލިސިސް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން
  16. ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސާރވޭތަކުގެ ޑޭޓާ ޕްރޮސެސިންގ ގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
  17. މިބިއުރޯގެ ފަރާތުންނާއި އެކިއޮފީސްތައް މެދުވެރިކޮށް އެއްކުރާ ޑޭޓާތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ޑޭޓާ ތަކުގެ ބެކަޕްސް ނެގޭފަދަ ނިޒާމްތައް ފަރުމާކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން
  18. ސްޓެޓިސްޓިކްސް ޑޭޓާ ބޭސްތައް ގާއިމުކޮށް އާއްމުފަރާތްތަކަށް ޑޭޓާ ފަސޭހައިން ލިބޭނެ ގޮތަކަށް އެޕްލިކޭޝަންސްތައް ޑިޒައިންކުރުމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- ކޮމްޕިއުޓަރ ސައިންސް

 

ކޯ ޑިސިޕްލިންތައް:

- ކޮމްޕިއުޓަރ ސައިންސް

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާ:

- އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރިޗު 2023 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 20 މާރިޗު 2023 – 20 އޭޕްރީލް 2023 އާ ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް>"ރެކްރޫޓްމެންޓްއުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 މާރިޗު 2023
ހޯދާ