މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްސަލާމް ފޮޅާ ސާފުކޮށް ބެލެހެއްޓުން

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މ.ދިއްގަރު މަސްޖިދުއްސަލާމް ފޮޅާ ސާފިކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2023 މާރިޗް 16 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ https://forms.office.com/r/jM45UzZrfc  މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ.

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ރަޖިސްޓްރީ ކުރާ ނަން (އަމިއްލަ ފަރުދެއް/ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-     އައިޑީ ކާޑު ނަންބަރު/ރަޖިސްޓްރީ ނަމްބަރު

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

ޕްރީބިޑް މީޓިންގް

2023 މާރިޗް 19 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ޕްރީބިޑް މީޓިން އަށް ހާޒިރުނުވާ ފަރާތްތަކަށްވެސް، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާނަމަ، ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.)

އަންދާސީ ހިސާބު ހުށަހެޅުން

2023 މާރިޗް 21 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

09 މާރިޗު 2023
ހޯދާ