މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ބިންދޫކުރުން

އިޢުލާން

 ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ބިންދޫކުރުން

 

 

             ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތްކުރުމަށް ދޫކުރާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ކުއްޔަދިނުމަށް ހަމަޖެހިފައިވާ ބިމުގެ ތަފްޟީލް

ކުއްޔަށް ދޫކުރެވޭ ތަނުގެ ބޮޑުމިން  (އަކަފޫޓް)

ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑައަގު

ކުއްޔަށް ދެވޭ ބިމުގައި ކުރެވޭނެކަންކަން

ކުއްޔަށް ދޫކުރާ ތަނުގެ ނަން

#

  4000 އަކަފޫޓް

އަކަފޫޓަކަށް 0.15 ލާރި

ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމާއި މަސްބަންދުކުރުމުގެ މަސައްކަތް

ބިން 1،2،3

1

 

ީމާ، ދެންނެވުނު ބިންތައް ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު ބީލަންފޯމް ނަންގަވާ ފޯމް ހުށަހެޅުމަށް ދެންނެވީމެވެ.

ބީލާމުގައި ރަޖިސްޓްރީވުން:                                                              

  • ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީވުމަށްޓަކައި " ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓްގެ އަގަކީ ބިމަކަށް 250ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރޗް 2023 (އާދީއްތަ) ދުވަހުން ފެށިގެން 20 މާރޗް 2023 (ހޯމަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00އަށް ކައުންސިލް އިދާރާއިންނެވެ. މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
  • މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބިން ކުއްޔަށް ދިނުމާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

 

ބީލަން ހުށަހެޅުން:

  • ބީލަން / ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 22 މާރޗް 2023 (ބުދަ) ދުވަހުގެ 13:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ފޯމާއި ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.

ޕްރޮޕޯސަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަމްބަރާއި ކޮންކަމަކަށް ހުށަހަޅާ ޕްރޮޕޯސަލްއެއްކަން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

17 ޝަޢުބާން 1444

09 މާރޗް 2023

09 މާރިޗު 2023
ހޯދާ