މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގެ ސްޓާފް އެކޮމޮޑޭޝަން ބްލޮކް ގެ ޑީޓެއިލް ޑްރޯވިންގ، ސަރވިސް ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި 100 މީހުންގެ ޖާގައިގެ ސްޓާފް އެކޮމަޑޭޝަން ބްލޮކް އިމާރާތުގެ ޑީޓެއިލް ޑްރޯވިންގ، ސަރވިސް ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

21 މާރިޗް 2023

އަންގާރަ

11:00

އަންދާސީ ހިސާބު ހުށައެޅުން

27 މާރިޗް 2023

ހޯމަ

11:00

09 މާރިޗު 2023
ހޯދާ