މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމާއި ގުޅޭ

                             އިޢުލާން

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

  މި އިންސްޓިޓިއުޓްއިން 2023 ގައި ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. ކޯހާއިގުޅޭ އިތުރު މަޢުލޫމާތު 3347393 / 7925046 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯޓްސް މެނޭޖްމަންޓް (MQA Approved Level 5)

 މުއްދަތު: 1 އަހަރު (2 ސެމިސްޓަރ)

 ކޯހުގެ ފީ: ހިލޭ

ކޯސް ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 02 އެޕްރީލް 2023

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (ހ. ބޯޅަގެ) / ކ.މާލެ 

ޖާގަ: 35

ސުންގަޑި: 19 މާރިޗު 2023 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް

އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ތަން: www.youth.gov.mv

އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ތަން: އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ ގޫގުލް ލިންކް   https://forms.gle/r4k4gvLAM4U78Hmg7  މެދުވެރިކޮށް ނުވަތަ މިއިންސްޓިޓިއުޓްގެ އީމެއިލް [email protected] މެދުވެރިކޮށެވެ.

 ޝަރުތު:

ހ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ؛

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓްފިކެޓް ލެވެލް 4 ގެ ފާހެއް އޮތުން. ނުވަތަ؛

ނ. މި ޑިޕްލޮމާ ޕްރޮގްރާމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީ ޕްރޮގްރާމެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ރ. ލެވެލް 4 ގެ ސަނަދެއް ފުރިހަމަކޮށްފައި އޮތުން (ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި އޮތުން. ނުވަތަ؛

ބ. އުމުރުން 20 އަހަރު ފުރިފައިވުމާއެކު ސެކަންޑަރީ ސްކޫލް (ގްރޭޑް 6 – 10 އަށް) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ 'ޔުނިވަރސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމެއް' ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި އޮތުން.

ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

1. އެޕްލިކޭޝަން ފޯމް (ގޫގަލް ފޯމް މެދުވެރިކޮށް)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ލިޔުން

3. ސީވީ

4. ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާއި ގުޅުންހުރި ލިޔުންތައް

ނޯޓް:

ކޯހުގެ ޖާގައަށްވުރެ ކުރިމަތިލާފައިވާ ފަރާތްތައް ގިނަ ނަމަ، ޝޯޓްލިސްޓް ކުރުމުގައި ދާއިރާއާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތު ތަޖުރިބާއާއި ތަޢުލީމީ ސެޓްފިކެޓްތަކަށް ބެލެވޭނެއެވެ.

ކޯހަށް އެޕްލިކޭޝަން ހުށަހަޅާއިރު އިޢުލާންގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށް އިސްކަންދެއްވުން އެދެމެވެ.

09 މާރިޗު 2023
ހޯދާ