ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ވިލުފުށީ މަސްޖިދުލް ޢުމަރު ފާރޫޤް މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކުރުމުގެ މަސައްކަތްކުރުން

ތ. ވިލުފުށީ މަސްޖިދުލް ޢުމަރު ފާރޫޤް މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://rb.gy/be9f1t މި ލިންކު މެދުވެރިކޮށް 2023 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި އިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

19 މާރިޗު 2023

13:15

އާދީއްތަ

ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

26 މާރިޗު 2023

13:15

އާދީއްތަ

ކައުންސިލްގެ އިދާރާ

 

                  މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701/9774004 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

09 މާރިޗު 2023
ހޯދާ