މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ޓީ-ބިލްޑިންގ އިމާރާތުގެ ފާހާނާތައް މަރާމާތުކުރުން

މި މިނިސްޓްރީގެ ޓީ-ބިލްޑިންގގެ ފާހާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން: 14 މާރިޗު 2023، 13:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން: 19 މާރިޗު 2023، 13:30 އަށް

ވީމާ، މި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ހޯދެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޝަޢުބާން 1444

9  މާރިޗު   2023

09 މާރިޗު 2023
ހޯދާ