ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކުރުން

ހަނިމާދޫ ސްކޫލް

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2023/05 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. ފައުންޑޭޝަން ސްޓޭޖްގެ ޕްލޭ އޭރިޔާ ބަދަލުކޮށް، އަޕްގްރޭޑް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކޮށްފައިވާ މި ސްކޫލުގެ ނަންބަރު GS60(B)/2022/032  (06 ޑިސެންބަރު 2022) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހަތަރުވަނަ ފަހަރަށް ހުޅުވާލަމެވެ.
  2. މިއީ މިކަމާ ގުޅިގެން ކުރެވޭ ހަތަރުވަނަ އިޢުލާނެވެ.
  3. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 މާރިޗު 09 އިން 2023 މާރިޗު 15ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 މާރިޗު 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗު 20 ވާ ހޯމަ ދުވަހުގެ 11:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  7. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  8. މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ

ފޯން: 6520533، 9907020

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/e/1FAIpQLSezRdz4Z0nCqXErfzEATPv3vnECCv1Vu7BKtgpC0W9xYVArSg/viewform

                     17 ޝަޢުބާން 1444                    

                     09 މާރިޗު 2023                                               

09 މާރިޗު 2023
ހޯދާ