ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކުގެ ވެރިފަރާތް ހޯދުމަށް

                   ތިރީގައި ފާހަގަ ކުރެވިފައިވާ ރުއްތަކުގެ ސަބަބުން އެސަރަޙައްދު ތަކުގައިހުރި ގެ ތަކާއި، ދިރިއުޅެމުންދާ ފަރާތްތަކަށް ދަތި އުދަނގޫތައް ކުރިމަތިވަމުންދާތީއާއި، ބައެއްފަހަރު ވައިގަދަވެ ރުއް ވެޓުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައިވާތީ، ފާހަގަ ކުރެވިފައިވާ ރުއްތައް ކެނޑުމަށްޓަކައި، ބަދަލު ދިނުމަށް ރުއްތަކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ. ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްތަކުގައި ހުންނާނީ މި އިދާރާއިން އޮރެންޖު ކުލައިގެ ދަވާދުން ރަސްގެ އަޅައި ނަންބަރުޖަހާފައެވެ.

 

ރުއް ހުރި ސަރަޙައްދު

ޖަހާފައިވާ ނަންބަރު

  • ސިއްހީމަރުކަޒާއި ޕޮލިސްސްޓޭޝަން ގެ އިރުމަތިފަރާތު ރުއްގަނޑުތެރެ

އޮރެންޖު ކުލަ 1،2،3،4  

  • ޒަމީން ގޯއްޗާއި ދޫރެސް ގޯއްޗާއި ދެމެދު ހުޅަނގުފަރާތު ރުއްގަނޑުތެރެ

އޮރެންޖު ކުލައިގެ 5،6،7،17،18 

  • ސޯސަންގޭ ގޯއްޗާއި ގުލްޝަންކިނާރާ ގޯއްޗާއި ދެމެދު ހުޅަންގުފަރާތު ރުއްގަނޑުތެރެ

އޮރެންޖުކުލައިގެ 8,9,10,11,12,13,14,15,16 

 

                  ވީމާ، މި ރުއްތަކުގެ ވެރިން އެއީ ކޮންފަރާތެއްގެ ރުކެއްކަން އެނގޭގޮތަށް ރުކުގައި ނަންލުމަށްފަހު، އެ މަޢުލޫމާތު 15 މާރިޗު 2023 ވާ ބުދަ ދުވަހު 14:00 ގެ ކުރިން ލިޔުމުން ނުވަތަ މި އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

08 މާރިޗު 2023
ހޯދާ