ދިވެހިރާއްޖެ
އިޢުލާން
ރަންވެލި އިމާރާތް ޑިޒައިންކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ރަންވެލި ހުރި ބިމުގައި 5 (ފަހެއް) ފަންގިފިލާގެ އިމާރާތެއް ހެދުމަށްޓަކައި އާރކިޓެކްޗަަރަލް ޑިޒައިންއާއި ސްޓްރަކްޗަރަލް ޑިޒައިންކޮށް، ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
|
ތަފްސީލް |
ދުވަސް/ ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުމަށް
|
|
16 މާރޗް 2023ވާ ބުރާސްފަތި |
10:00އަށް |
އަންދާސީ ހިސާބު ހުށައެޅުމަށް
|
|
17 އޭޕްރިލް 2023 ވާ ހޯމަ |
10:30 އަށް |
- އަންދާސީ ހިސާބު ހުށައެޅުމަށް ކަނޑައެޅިފައިވާ ވަގުތު ފާއިތުވުމުގެ ފަހުން ވަޑައިގަންނަވައި ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ފުރިހަމަނޫން އަންދާސީ ހިސާބު ބާތިލުކުރުމުގެ އިޙްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ.
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފްސީލް |
ފޯމިއުލާ |
އަގު |
70% |
|
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
20% |
|
(Submitted years of experience / Benchmark years) x Allocated Percentage |
މުއްދަތު |
10% |
|
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
08 މާރިޗު 2023