ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – އެޓެންޑެންޓް – ހއ.ބާރަށު ޞިއްޙީ މަރުކަޒު

 (IUL)A16-HC/2023/1

އިޢުލާނު

މަޤާމު:

އެޓެންޑެންޓް    

މަޤާމުގެ ނަންބަރު:

J-349521

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ ބާރަށު ޞިއްޙީމަރުކަޒު / ނަރސިން ސަރވިސް ޔުނިޓް

މުސާރަ:

3,470.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

ސަޕޯރޓިން ކޯ އެލަވަންސް:

1,200.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރިސްކު އެލަވަންސް އަދި ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމްވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ބަލިމީހުންނަށް އެޙީތެރިވެ ދިނުން

2-      ޑޮކްޓަރުންނާއި ނަރުހުން ޞިއްޙީމަރުކަޒުގައި ކުރާ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން

3-      ބަލިމީހުންގެ ބަލިތަކާއި އަދި ބަލިމީހުންނާއިގުޅޭ ހުރިހާ ސިއްރުތަކެއް ހިފެހެއްޓުން އަދި މަރުކަޒުން ބޭރުގައި ނުދެއްކުން

4-      ބަލިމީހުންނަށް ގޮވާލަން އަންނަ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ވޯޑުގައި އޮންނަ ބަލިމީހާ ކައިރީގައި 2 މީހުންނަށް ވުރެ ގިނައިން ތިބިޔަ ނުދިނުން.

5-      ކްލިނިކަލް އޭރިޔާ ( ވޯޑް، ޑްރެސިންގ ރޫމް، ކޮންސަލްޓޭޝަން ރޫމް، ނާރސިންގ ސްޓޭޝަން، ލެބޯޓްރީ، ލޭބަރ ރޫމް، ވެއިޓިންގ ހޯލް، ވޯޑް ފާޙާނާ، ލޭބަރ ރޫމް ފާޙާނާ،އަވަސް ފަރުވާ ދޭ ކޮޓަރީގެ ފާހާނާ، އާއްމު ފާހާނާ، ނާރސިންގ ސްޓޭޝަން ފާޙާނާ ކޮންމެ ދުވަހަކު ސިފްޓަކު 1 ފަހަރު އަދި އެނޫނަސް ހަޑި ވެއްޖެނަމަ ދޮވެ މޮޕްލައި ސާފުކޮށް ބެލެހެއްޓުން. އަދި ވިއްސާރަވެހޭ ދުވަސްދުވަހުވެސް އިތުރަށް ހަޑިވިޔަނުދީ ސާފުކޮށްބެލެހެއްޓުން.

6-      ބަލިމީހުންނާއި އަދި ޞިއްޙީމަރުކަޒުން ފަރުވާ ހޯދަން އަންނަ ފަރާތްތަކާއި މުޢާމަލާތު ކުރާއިރު މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އެކު މުޢާމަލާތު ކުރުން.

7-      އޮޓޯކްލޭވްކުރުމާއި ބެހޭ މަސައްކަތާއި ނަރުހުން އެދޭ ކޮންމެ މަސައްކަތެއްގައި އެމީހުންނަށް އެހީތެރިވެ ދިނުން.

8-      އެޑްމިޓް ކުރެވިފައިވާ ބަލިމީހަކު ދޫކޮށްލައިފިނަމަ ބަލިމީހާ އޮތް އެނދު ، ބެޑްލޮކަރު، އައިވީ ސްޓޭންޑް ބަލިމީހާ ދޫކޮށްލާ ވަގުތު ( ހައިޕޮ ކްލޯރައިޑް ނުވަތަ ޑިޓޯލް ލައިގެން ) ސާފުކުރުން.

9-      ލެބޯޓްރީ ތެރެ ސާފުކުރުމާއި ސްލައިޑްތަކާއި ޓިއުބްތައް ރަގަޅަށް ސާފުކުރުން. އަދި އިކްއިޕްމެންޓްސްތައް މަދުވެގެން ހަފްތާއަކު 1 ފަހަރު ފަރުވާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުން.

10-  ޞިއްޙީމަރުކަޒުގައި ބޭނުންކުރެވޭ އިންސްޓްރޫމަންޓްސް ތަކާއި މެޝިނަރީ ފަދަ ތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސާފުކުރުން.

11-   ކޮންމެ ދުވަހަކުވެސް 1 ފަހަރު ރިސެޕްޝަން ކައުންޓަރ، ނާރސިންގ ސްޓޭޝަން ކައުންޓަރ، ލެބޯޓަރީ, ބޭސް އަޅާ ކޮޓަރި، އަދި ކޮންސަލްޓޭޝަން ރޫމުގެ މޭޒުމަތި ، ކަބަޑު މަތި ، ކައުންޓަރުމަތި ފޮހެ ތަރުތީބުކުރުން.

12-   ޞިއްޙީމަރުކަޒުގައި ބޭނުންކުރެވޭ ހުރިހާ އެނދުތަކެއް ސާފުކުރުން.

13-   ކޮންމެ 3 މަހުން 1 މަހު ލޯންޑްރީ އެސިސްޓެންޓްގެ އެޙީތެރިކަމާއިއެކު ކްލިނިކަލް އޭރިޔާ ( ޑްރެސިންގ ރޫމް، ވާރޑް، ލެބޯޓްރީ، ކޮންސަލްޓޭޝަން ރޫމް، ލޭބަރ ރޫމް ) ގެ ދޮރުފޮތިތައް ނެއްޓުމާއި ދޮވެ އެޅުވުން

14-   ޑްރެސިންގ ރޫމް، ވާރޑް، ލެބޯޓްރީ، ކޮންސަލްޓޭޝަން ރޫމް، ލޭބަރ ރޫމް، ނާރސިންގ ސްޓޭޝަން، ލޭބަރ ރޫމް، އަވަސްފަރުވާ ދޭ ކޮޓަރީ ގެ ޑަސްޓްބިން މަދުވެގެން ދުވާލަކު 1 ފަހަރު ހުސްކުރުމާއި އަދި އަންދާލުން. އަދި ޑިއުޓީ ގަޑީގައި ޑަސްޓްބިންތައް ފުރުނަ ނުދީ ބެލެހެއްޓުން

15-   މަސައްކަތުގެ މާހައުލުގެ ތެރޭގައި އެއްމުވައްޒަފަކު އަނެއް މުވައްޒަފަކާއި އެކުވެރިކަމާއެކު މަސައްކަތް ކުރުން. އަދި އެކަކު އަނެކަކާއި މުޢާމަލާތް ކުރާއިރު އަދަބު އިޙްތިރާމާއި އެކު މުޢާމަލާތް ކުރުން

16-   ސިވިލް ސާރވިސްގެ ޢާއްމު ޤަވައިދުތަކާއި ޞިއްޙީމަރުކަޒުން ހެދިފައިވާ ޢުސޫލް ތަކަށް ހުރުމަތްތެރިކޮން ހިތުން

17-   މަސައްކަތު މާހައުލުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުން. އަދި މީގެ އިތުރުން ސިއްޙީމަރުކަޒު ޙިންގުމާއި ޙަވާލުވެ ހުންނަވާ ބޭފުޅަކު އަންގަވާ މަސައްކަތްތައް (ސިވިލް ސާވިސްގެ ގަވައިދުތަކާއި ފުށުނާރާ ކަންތައްތައް) ކުރުން.

18-    ކޮންމެ ހަފްތާއަކު އެއްފަހަރު ސިއްހީ މަރުކަޒުގެ އިމާރާތުގެ ހުރިހާ ފަންކާއެއް ފޮހެ ސާފުކުރުން، ކުޑަދޮރު ތަކުގެ ބިއްލޫރި ތަކާއި ފެންލައިޓުތައް ފޮޅާ ސާފު ކުރުން.

19-   ކޮންމެ މަހަކު  ދެފަހަރު ތޫނު އެއްޗެހި ( އިންޖެކްޝަން ކަށި ތަކާއި، ވައަލްސް) ނައްތާލުން.

20-   ލޯންޑަރީ އެސިސްޓެންޓުގެ އެހީތެރިކަމާއިއެކު ފައިފުހިތައް ދޮވުން.

21-   ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެގުން،

ނުވަތަ

މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެސް/ ހުއްދައެއް ހާސިލްކޮށްފައިވުން

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަކުން ބަލައިގެންނެވެ.

 ނުވަތަ

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. 

 މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

  • ފޮޅާ ސާފުކުރުން

މަގާމުގެ ތައުލީމީ ރޮނގުތައް:ނެތް

 

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:ނެތް

މަގާމުގެ ކޯ ޑިސިޕްލިން: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިމަރުކަޒުގެ އިދާރީ އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (3ވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރޗް 2023 ވާ (ބުދަ) ދުވަހުގެ ގެ 14:00ގެ ކުރިން، ހއ ބާރަށު ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 20 މާރޗް 2023 އާއި  20 އެޕްރީލް 2023 އާއި ދެމެދު ހއ ބާރަށު ޞިއްޙީމަރުކަޒު އިދާރީ އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500570 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

08 މާރިޗު 2023
ހޯދާ