ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މުންޑޫ މަސްޖިދުލް އަމާނާތިއަށް 06 އޭސީ ސަޕްލައިކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް،މުންޑޫ މަސްޖިދުލް އަމާނާތި އަށް 06 (ހައެއް)އޭސީ ސަޕްލައިކޮށްދީ ހަރުކޮށްދޭނެ ފަރާތެއް   ބޭނުންވެއްޖެއެވެ. ވީމާ، އެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކޮށް މުންޑޫ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީހް

ދުވަސް

ގަޑި

ތަން

 ބިޑްގައި  ބައިވެރިވުމަށް ރަޖިސްޓްރީކުރުން 

 08 މާރޗް 2023 އިން 16 މާރޗް 2023 އަށް  

ރަސްމީ ކޮންމެ ދުވަހެއްގައި

 08:00 އިން 13:00 އަށް 

މުންޑޫ ކައުންސިލް އިދާރާ އަދި މެއިލް

އެސްޓިމޭޓް ހުށައެޅުން

22 މާރޗް 2023

ބުދަ

11:00

މުންޑޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

 

ރަޖިސްޓްރީ ކުރަން ފޮނުވާ ސިޓީގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް):

-          ކުންފުނި/ވިޔަފާރީގެ ނަން:

-        ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރޭޝަން ނަންބަރު:

-          ގުޅޭނެ ފޯނު ނަންބަރު:

-          އީމެއިލް އެޑްރެސް:

-          ކުންފުނީގެ ވެރިފަރާތުގެ ނަން:

 ބިޑް ރަޖިސްޓްރީނުކުރާ  ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ އެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މެއިލްކުރަށްވާނަމަ  ([email protected])  އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށައެޅުމަށް ގަޑިއަށް ޙާޒިރުނުވާ ފަރާތްތައް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. ބިޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800714 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

                     ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 މާރިޗު 2023
ހޯދާ