ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 9 ކްލާސްރޫމް އިމާރާތުގެ ދެކުނު ފަރާތުގައި މިހާރު ހުރި ބައެއް ދޮރާއި ދޮރުފަތް ނަގައި އަލުން 8 ސެޓްގެ ދޮރާއި ދޮރުފަތްޖަހާ ހަރުކުރުން

  މިމަރުކަޒުގެ 9 ކްލާސްރޫމް އިމާރާތުގެ ދެކުނު ފަރާތުގައި މިހާރު ހުރި 8 ސެޓްގެ ދޮރާއި ދޮރުފަތް ނަގައި އަލުން 8 ސެޓްގެ ދޮރާއި ދޮރުފަތްޖަހާ ހަރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 12 މާރޗް 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރޗް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގައިވާ ގޮތުން އާމްދަނީ ހޯދުމަށް މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ގަވައިދުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެންބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ޤަބޫލު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

08 މާރިޗު 2023
ހޯދާ