ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2014/82

ތާރީޚު: 24 ޑިސެންބަރު 2014

މަޤާމު

އިންޓަރނަލް އޮޑިޓަރ

ރޭންކް: އެމް.އެސް 2

އަދަދު

1

މަސައްކަތް ކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މަހަކު -/6،295 ރުފިޔާ

އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

 

 

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު،  މަޤަމުގެ މަސައްކަތާގުޅޭ 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު،MS 1  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- މެޖިސްޓްރޭޓް ކޯޓުތަކުން ފޮނުވާ ޚަރަދު ރިޕޯޓުތައް ޗެކްކޮށްފައި އެންޓަރކުރުމާއި، ސެކްޝަން ހިންގަވާ ވެރިޔާގެ ލަފާގެމަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.

2- މެޖިސްޓްރޭޓް ކޯޓުތަކުން ފޮނުވާ ޚަރަދު ރިޕޯޓްތަކުގެ ތެރެއިން، މައްސަލަ ހުންނަ ރިޕޯޓްތަކާ ގުޅޭގޮތުން، ރަށްތަކަށް ފޯނުން ގުޅައިގެން އެ މައްސަލައެއް ޙައްލުކުރުމަށް މަސައްކަތްކުރުން.

3- ޚަރަދު ރިޕޯޓާ ގުޅޭގޮތުން ރަށު ކޯޓުތަކަށް ފޮނުވަންޖެހޭ އެންމެހައި ސިޓީ، މެސެޖްފަދަ ތަކެތި  ތައްޔާރުކޮށް ފޮނުވުން.

4- އެންޓްރީއަށް ލިބޭ ލިޔެކިޔުންތައް ބަލައިގަނެ، ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނަވާ ވެރިޔާގެ ލަފާގެމަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.

5- ޝަރުޢީ ދާއިރާގެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

ގިނަވަތުތު މަސައްކަތުގައި ހޭދަކުރެވޭ، މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހޭ ޙާލަތެއްގައި ދަތުރުކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައިހުރި ފަރާތަކަށްވުން.

ސުންގަޑި

2015 ޖަނަވަރީ 7 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މިޑި ޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

24 ޑިސެންބަރު 2014
ހޯދާ