މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ މުބާރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުޝަތު

އިޢުލާން

 

 

އިނގުރައިދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ދީނާއި ދިވެހި އަދަބިއްޔާތަށް ލޯބިޖެއްސުމާއި އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުމަށް ކައުންސިލްގެ ފަރާތުން މިހިނގާ މާރިޗު މަހު ކައުންސިލްގެ ފުޓްސަލް މުބާރާތާއި ކައުންސިލްގެ މަދަހަ މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  އެހެންކަމުން، މި މުބާރާތްތައް ސްޕޮންސަރކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ސްޕޮންސަރ ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރިޗު 2023 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ[email protected]  މެއިލް މެދުވެރިކޮށް ނަންނޯޓު ކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާއިރު ތިރީގައިވާ މަޢުލޫމާތު ހިމެނެއްވުމަށް ދަންނަވަމެވެ.

 

-          ނަމާއި، އެޑްރެސް (ވިޔަފާރީގެ ނަމުގައިވެސް ހުށަހެޅިދާނެއެވެ)

-         ގުޅޭނެ ނަންބަރު

-         އީމެއިލް އެޑްރެސް

 

އިތުރު މަޢުލޫމާތު ހޯދެއްވުމަށް

-         އީމެއިލް: [email protected]  

-         ފޯނު: 6580028

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 މާރިޗު 2023
ހޯދާ