މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

1444 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތާ ގުޅުވައިގެން "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" ގެ ނަމުގައި ނައިން-އަ-ސައިޑް ފުޓްބޯޅަ މުބާރާތެއް، 21 އޭޕްރީލް 2023 ވަނަ ދުވަހުން ފެށިގެން 29 އޭޕްރީލް 2023 އާ ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/20000 (ވިހި ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް -/15000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

      މި މުބާރާތުގައި ޓީމުތައް ބައިވެރިކުރެވޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތެއްގެ ބެލެނިވެރިކަމުގެ ދަށުންނެވެ. ވީމާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު 2023 މާރިޗު 12 ވާ އާދީއްތަ ދުވަހުން ފެށިގެން މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އެ ތާރީޚަށް ފަހު މިއިދާރާގެ ފޭސްބުކް ޕޭޖުން ވެސް ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާއިރު އޮންނަންވާނީ އެ ޓީމެއް ނިސްބަތްވާ ޖަމާޢަތުގެ ވެރިއެއްގެ ސޮއިކޮށް ތައްގަނޑު ޖަހާފައެވެ.

07 މާރިޗު 2023
ހޯދާ