މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުސްތާޛް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް 1444

އިޢުލާން

"އުސްތާޛް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް 1444"

 މިކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތް "އުސްތާޛް ރިޟާގެ ހަނދާނީ ޤުރުއާން މުބާރާތް 1444" ކުރިއަށް އޮތް ރަމަޟާންމަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި 10 އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާއިރު، މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ކ.ގުރައިދޫގައި ރަޖިސްޓްރީ ވެފައިވާ ރަށްވެހިންނަށާއި، ކ.ގުރައިދޫ އަށް ރަޖިސްޓްރީ ވެފައި ނުވި ނަމަވެސް މަންމަ ނުވަތަ ބައްޕަ ކ.ގުރައިދޫއަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި، ކ.ގުރައިދޫ އަށް ރަޖިސްޓްރީ ވެފައި ނުވިނަމަވެސް ކ.ގުރައިދޫ ސްކޫލުގައި ކިޔާވާ ދަރިވަރުންނަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 މާރޗް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހަޅުއްވާއިރު ބައިވެރިވާން ބޭނުންވާ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހެޅުމަށްވެސް ދަންނަވަމެވެ.

މި މުބާރާތުގައި އުސޫލު މި އިޢުލާނާއެކު އެއްހީރަސްކުރެވިފައިވާކަމުގައި ދަންނަވަމެވެ.

 https://docs.google.com/forms/d/1P5v3EbTcoevhMGmq-9r-bvu2neBM5VZAUCIum8487-8/viewform?edit_requested=true

07 މާރިޗު 2023
ހޯދާ