ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ ޤުރުއާން މުބާރާތް 1444"

         މި ކައުންސިލްގެ ފަރާތުން 1444 ވަނަ އަހަރުގެ ރަމަޟާން މަސްތެރޭގައި "ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ ޤުރުއާން މުބާރާތް 1444" ގެ ނަމުގައި ހދ.ފިނޭ ސްކޫލް ދަރިވަރުންނަށާއި ހދ.ފިނޭއަށް ނިސްބަތްވާ ރާއްޖޭގެ އެހެން ސްކޫލްތަކުގެ ދަރިވަރުންނައް ހާއްސަކޮށްގެން ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާއި ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ދަރިވަރުންތަކެއް އުފެއްދުމާއި، ބަރަކާތްތެރި ރަމަޟާން މަސް ކީރިތި ޤުރުއަނާއެކު ހޭދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމެވެ. ހަމަ އެހެންމެ ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ކީރިތި ޤުރުއާނާ މެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި އާލާކުރުމެވެ.

               މިމުބާރާތުގައި ބައިވެރިވުމަށްޝައުގުވެރިވެލައްވާ ދަރިވަރުން 22 މާރޗް 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކް އިން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުންވުން އެދެމެވެ. މުބާރާތުގެ ގަވައިދު މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވުންއެދެމެވެ.

ގޫގްލް ފޯރމް ލިންކް : https://forms.gle/ABLUgb2LoYJraVvs9

            ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

07 މާރިޗު 2023
ހޯދާ