މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
މި ސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް  ކުރިންކުރެވުނު އިޢުލާނަށް (އިއުލާނު ނަންބަރެ: GS–167/IUL/2023/02) އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 މާރިޗު 7 ން އިން 2023 މާރިޗު 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ މެއިލް މެދުވެރިކޮންނެވެ.
  1. އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.

v      މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން (ކުންފުނީގެ ނަން):

v      ރަޖިސްޓްރީ ނަންބަރު (ކުންފުނީގެ):

v      އީމެއިލް އެޑްރެސް:

v      ގުޅޭނެ މޯބައިލް ނަންބަރު:

3.       މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ.

4.  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 މާރިޗު 15 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

5.     ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2023 މާރިޗް 23 ވަނަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލްގެ އޮފީހުގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952908 އަށެވެ. އީ-މެއިލް ކުރާނީ admin@mmaduvvareeschool.edu.mv  އަށެވެ.

 

 

15‏ ޝަޢްބާން‏ 1444

‏07‏ މާރޗް‏ 2023

 

07 މާރިޗު 2023
ހޯދާ