މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިލްޑިންގ ކޯޑު ކައުންސިލުގެ ސަބް-ކޮމިޓީތަކަށް މެމްބަރުން ހޯދުން

ޤާނޫނު ނަންބަރ 4/2017 (ޢިމާރާތް ކުރުމުގެ ޤާނޫނު) ގެ 95 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ދަށުން ދިވެހިރާއްޖޭގެ ޢިމާރާތްތަކުގައި ހުންނަންވީ މިންގަނޑުތައް ބަޔާންކުރާ ބިލްޑިންގ ކޯޑު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައެވެ. "ބިލްޑިންގ ކޯޑް" ގެ މަޤްސަދު ހާސިލުކުރެވޭނެ ގޮތް ނުވަތަ ހާސިލުވާ މިންވަރު ދެނެގަނެވޭނެ ގޮތްތައް ކަނޑައަޅާ ބަޔާންކޮށް ކޮމްޕްލަޔަންސް ޑޮކިއުމަންޓްތަކެއް އެކުލަވާލަންޖެހެއެވެ. އެކި ކޮމްޕްލަޔްންސް ޑޮކިއުމަންޓްތަކަކީ އެކި ދާއިރާތަކާއި ގުޅުން ހުރި ކަންކަން ހިމެނޭ ޑޮކިއުމަންޓްތަކެކެވެ. ވީމާ، އެ ޑޮކިއުމަންޓަކާއި ގުޅޭ ދާއިރާތައް ހިމެނޭގޮތަށް މި ކޮމްޕްލަޔަންސް ޑޮކިއުމަންޓްތައް އެކުލަވާލުމުގެ މަސައްކަތްތަކަށް ބޭނުންވާ ލަފާ ހޯދުމަށްޓަކައި ސްޓިއަރިންގ ކޮމިޓީއެއްގެ ގޮތުގައި "މޯލްޑިވްސް ބިލްޑިންގ ކޯޑް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އެކުލަވާލައި މި ކައުންސިލްގެ ދަށުން ޑޮކިއުމަންޓްތަކުގެ ޓެކްނިކަލް މަސައްކަތްތަކަށް ބޭނުންވާ ލަފާ ދިނުމަށް 6 (ހައެއް) ސަބް-ކޮމިޓީ އެކުލަވާލުމަށް ކަނޑައަޅާފައިވެއެވެ. ކައުންސިލާއި ސަބް-ކޮމިޓީއާ ގުޅޭ އިތުރު ތަފްޞީލު ހިމެނޭ "މޯލްޑިވްސް ބިލްޑިންގ ކޯޑު ކައުންސިލް" އެކުލަވާލައި ޤާޢިމްކުރުމާ ގުޅޭ ކަރުދާސް މި އިޢުލާނާއެކު އެވަނީއެވެ. ސަބް-ކޮމިޓީތައް އެކުލަވައިލައިފައިވަނީ މިދާއިރާގެ ތަޢުލީމާއި ތަޖުރިބާ ހުރި ޢާންމުންގެ ފަރާތްތަކަށްވެސް މި މަސައްކަތުގައި ޝާމިލުވުމުގެ ފުރުޞަތު ދެވޭ ގޮތަށެވެ.

 

ވީމާ، މިވަގުތު އެކުލަވައިލަން ކަނޑައަޅާފައިވާ ސަބް-ކޮމިޓީތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

#

ސަބް-ކޮމިޓީ

ބޭނުންވާ ދާއިރާ

ބޭނުންވާ އަދަދު

1

ސަބް-ކޮމިޓީ 1: ސްޓްރަކްޗަރ (Structure)

ސިވިލް އިންޖިނިއަރިންގ ދާއިރާ

1

2

ސަބް-ކޮމިޓީ 2: އަލިފާނުން ރައްކައުތެރިވުން (Fire safety)

ފަޔަރ އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރ ނުވަތަ ސިވިލް އިންޖިނިއަރިންގ ނުވަތަ  ބިލްޑިންގ ސަރވިސަސް އިންޖިނިއަރިންގ ދާއިރާއިން ކުރެ ދާއިރާއަކުން ފަރާތެއް

1

3

ސަބް-ކޮމިޓީ 3: ދުޅަހެޔޮކަމާއި ރައްކައުތެރިކަން Well being and Safety))

ބިލްޑިންގ ސަރވިސަސް އިންޖިނިއަރިންގ ނުވަތަ އާކިޓެކްޗަރ ދާއިރާއިން

1

 

ވީމާ، ސަބް-ކޮމިޓީތަކުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2023 އޭޕްރިލް 03 ވަނަ ދުވަހުގެ ނިޔަލަށް [email protected] އީ-މެއިލަށް ތިރީގައިވާ މަޢުލޫމާތާއި ތަކެތި ފޮނުއްވައިދެއްވުން އެދެމެވެ. ޢާންމުންގެ ތެރެއިން މޯލްޑިވްސް ބިލްޑިންގ ކޯޑް ކައުންސިލުގައި ބައިވެރިވުމަށް 1 އަށްވުރެ ގިނަ ފަރާތުން ޝަޢުޤުވެރިކަން ފާޅުކޮށްފިނަމަ، ކޮމިޓީއަށް އައްޔަނުކުރުމުގައި ބަލާނެ މިންގަނޑު މި އިޢުލާނާއެކު އެވަނީއެވެ.

1-      މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ފޯމު

2-      މިދާއިރާއިން ލިބިފައިވާ ތަޢުލީމީ ސަނަދުގެ ކޮޕީ

3-      ހޯއްދަވާފައިވާ ތަޢުލީމާއި ތަޖުރިބާ ބަޔާންކޮށްފައިވާ ވަނަވަރު

"މޯލްޑިވްސް ބިލްޑިންގ ކޯޑު ކައުންސިލް" އާގުޅޭ މަޢުލޫމާތު ސެޝަނެއް  2023 މާރިޗު 13 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި ސެޝަންގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން https://forms.office.com/r/RKtLqnqJxh ލިންކް މެދުވެރިކޮށް 2023 މާރިޗު 12 ދުވަހުގެ 11:00 ގެ ނިޔަލަށް ނަންނޯޓް ކޮށްލެއްވޭނެ ވާހަކަ ދެންނެވީމެވެ. 

07 މާރިޗު 2023
ހޯދާ