މުންޑޫ ސްކޫލް، ލ. މުންޑޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ލ.މުންޑޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. 1 އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 މާރޗް 07  އިން 2023 މާރޗް 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ މި ސްކޫލުގެ އީމެއިލް [email protected] އަށް މައުލޫމާތު ފޮނުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިމިވާ މައުލޫމާތުތައް ފޮނުއްވުން އެދެމެވެ.

 

  1. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް:
  2. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ ރަޖިސްޓްރީ ނަމްބަރ:
  3. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ އީމެއިލް އެޑްރެސް:
  4. މައުލޫމާތު ސާފުކުރާ ކުންފުނި/ފަރާތުގެ މޯބައިލް ނަމްބަރ:

 

3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  2023 މާރޗް 14 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސުކޫލުގައި އޮންނާނެއެވެ.

4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މާރޗް 19 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

5. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓްކުރާ ފަރާތްތަކަށް ބީލަންފޮތް މި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި އީމެއިލުގެ ޒަރީޢާއިން ފޮނުވައިދެވޭނެއެވެ.

6. ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަންހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.

7. ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުންޑޫ ސްކޫލް

ލ. މުންޑޫ

ފޯން: 6800741

އީ-މެއިލް: [email protected]

07 މާރިޗު 2023
ހޯދާ