ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލިފްޓް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

މި ޑިޕާޓްމަންޓުގެ ފަރާތުން ވިލިނގިލީއަވަށުގައި ޢިމާރާތް ކޮށްފައިވާ ޖުޑީޝަލް ޓްރޭނިންގ ސެންޓަރގެ ލިފްޓް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖަނަވަރީ 2015 ވާ އާދީއްތަަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

02 ރަބީޢުލްއައްވަލް 1436   

24 ޑިސެންބަރު 2014
ހޯދާ