މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތާއިގުޅޭ

ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތުގެ ސްޓޭޖު ސެޓަޕާއި މުބާރާތާއި މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ވަގުތުން ދުރަށް ދެއްކުމާއި  ފޮޓޯނެގުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތްތަކުގެ ތަފްސީލް

  1. ކައުންސިލުން ފޯރުކޮށްދޭ ޑިޒައިނާއި އެއްގޮތަށް ސްޓޭޖް ބެކްޑްރޮޕާއި ބެކްޑްރޮޕްގެ ދެފަރާތުގެ 2 ކެންވާސް އާއި އިދާރީ މޭޒާއި ފަނޑިޔާރުންގެ މޭޒާއި ކިޔަވާ ޕޯޑިއަމްގެ ކެންވާސް ޕްރިންޓްކޮށް ސެޓަޕްހެދުން.

#

ތަފްސީލް

ބޭނުންވާ ޢަދަދު

މިންތައް (ފޫޓުން)

1

މެއިން ބެކްޑްރޮޕް ކެންވަސް

01

އުސްމިން 8 ފޫޓް، ފުޅާމިން 13 ފޫޓް

2

ސައިޑް ބެކްޑްރޮޕް ކެންވަސް

02

އުސްމިން 8 ފޫޓް، ފުޅާމިން 8.5 ފޫޓް

3

އިދާރީ މޭޒާއި ފަނޑިޔާރުންގެ މޭޒުގެ ކެންވަސް

02

އުސްމިން 3 ފޫޓް، ދިގުމިން 11 ފޫޓް

4

ކިޔަވާ ޕޯޑިއަމްގެ ކެންވަސް

01

އުސްމިން 3 ފޫޓް، ދިގުމިން 5.5 ފޫޓް

  1. މުބާރާތުގެ ހުރިހާ ސެޝަނެއްގެ ކިޔެވުން ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދެއްކުމާއި ސެޝަންތަކުގައި ކިޔަވާ ހުރިހާ ބައިވެރިންގެ ފޮޓޯ ނެގުން.
  2. މުބާރާތް ބާއްވާ ހޯލުގައި ގޮނޑިޖެހުމާއި ކޮންމެ ސެޝަނެއްގެ ކުރިން ކުނިކެހުމާއި ހޯލު ސާފުތާހިރުކޮށް ބެލެހެއްޓުން.
  3. މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާއަށް ހޯލު ތައްޔާރުކުރުމާއި ޖަލްސާ ވަގުތުން ދުރަށް ދެއްކުމާއި ފޮޓޯނެގުން.
  4. މުބާރާތް ފެށުމަށް ކައުންސިލުން ކަނޑައަޅާ ގަޑި އާއި ތާރީޚުގެ 3 (ތިނެއް) ގަޑިއިރުގެ ކުރިން ހޯލް ތައްޔާރުކޮށް ސެޓަޕް ނިންމަން ވާނެއެވެ.
  5. މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ކައުންސިލުން ކަނޑައަޅާ ގަޑި އާއި ތާރީޚުގެ 2 (ދޭއް) ގަޑިއިރުގެ ކުރިން ހޯލް ތައްޔާރުކޮށް ސެޓަޕް ނިންމަންވާނެއެވެ.

ރަޖިސްޓްރީކުރުން

2023 މާރިޗު 12 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތުގެ މަސައްކަތުގެ ބިޑް ރަޖިސްޓްރޭޝަން (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 މާރިޗު 12 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 މާރިޗު 13 ވާ ހޯމަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

-  އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ކައުންސިލްގެ 09 ވަނަ ޤުރުއާން މުބާރާތުގެ ބައެއް މަސައްކަތްތައް"

        މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

               ރ. މަޑުއްވަރި، ދިވެހިރާއްޖެ

  •  ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-  ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް

  •  މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު 0

  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
  4. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 މާރިޗު 2023
ހޯދާ