ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގައި ހުރި އޭސީ ސަރވިސްކުރުމާއި އޭސީ ބަދަލުކުރުން އަދި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގައި ހުރި އޭސީ ސަރވިސްކުރުމާއި އޭސީ ބަދަލުކުރުން އަދި އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2023 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ފިނޭ ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހަޅާ ފޯމު އަދި މައުލޫމާތު ޝީޓު މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

06 މާރިޗު 2023
ހޯދާ