ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ޑަންޕް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ޑަންޕް ޕިކަޕެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                       ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ޑަންޕް ޕިކަޕެއް ހޯދުމަށް މިއިދާރާއިން ކުރެވުނު ނަންބަރު (IUL)406-esms-m/INDIV/2023/17 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް ބިޑް ހުށަހަޅާފައިނުވާތީ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އައު ޕިކަޕެއް ގަނެ، ރޯޑްވާދިނަސް ހަދައި ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

                       ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

09 މާރިޗު 2023

ބުރާސްފަތި ދުވަހުގެ 13.00

އަންދާސީ ހިސާބު ހުށަހެޅުން

15 މާރިޗު 2023

ބުދަ ދުވަހުގެ 11:00

  

                       މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.   މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017  އަށް ގުޅުއްވުން އެދެމެވެ.        

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                       14 ޝަޢުބާން 1444

                       05 މާރިޗު 2023

                                                  

05 މާރިޗު 2023
ހޯދާ