މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ޑެޓް ރިކޯޑިންގ އެންޑް ރިޕޯޓިންގ (އީ.އެކްސް.1)

މަޤާމު:

ޑިރެކްޓަރ، ޑެޓް ރިކޯޑިންގ އެންޑް ރިޕޯޓިންގ (އީ.އެކްސް.1)  

ބޭނުންވާ އަދަދު:

1

މުސާރަ:

-/8835 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޑިރެކްޓަރ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ  ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން / ޑެޓް ރިކޯޑިންގ އެންޑް ރިޕޯޓިންގ     

މަޤާމުގެ ޝަރުޠު:

  • ފައިނޭންސް، އެކައުންޓްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، އިކޮނޮމިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ފައިނޭންސް، އެކައުންޓްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، އިކޮނޮމިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ ދަރަންޏާ ގުޅުންހުރި ޕޮލިސީ ލެވެލްގެ ނިންމުންތަކުގެ ދަށުން މަސައްކަތްކުރާ ސްޓާފުންނަށް އެންގުމާއި، އެކަން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށްގެން ކުރުމާއި އެކަން މޮނިޓަރކުރުން.
  • ވިތްޑްރޯވަލް އެޕްލިކޭޝަން އެޕްރޫވްކުރުމާއި، އެ ޕްރޮސެސް ހިނގާގޮތް މޮނިޓަރކޮށް އިތުރަށް ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ލޯނާއި ހިލޭއެހީގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާއި އަދި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ފައިނޭންޝަލް ސްޓޭޓަސް އަޕްޑޭޓް ކުރުމާއި، ކޮންޓްރެކްޓްތަކާ ގުޅިގެން މަޝްރޫޢުތަކަށް ދިމާވާ މައްސަލަތައް ޑިވިޜަންގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ޑިވިޜަންގެ ވެރިންގެ ލަފާގެ މަތިން މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިޒާމުކުރުން.
  • ދައުލަތުން އޮންލެންޑް ކޮށްފައިވާ ލޯނުތަކުގެ ހިސާބު ބަލަހައްޓާތޯ ބެލުމާއި، ލޯންތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް މޮނިޓަރ ކުރުމާއި، ޑިފޯލްޓް އުޅޭ ލޯންތައް ރިކަވަރ ކުރުމަށް ޑިވިޜަންގެ ވެރިންނަށް ލަފާދިނުން
  • ދައުލަތުން ލޯން ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ލެޓަރ އޮފް ކްރެޑިޓް ހުޅުވުމުގެ ޕްރޮސެސް މޮނިޓަރކުރުން
  • ދައުލަތުން ލޯން ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ހުޅުވާފައިވާ އިމްޕްރެސްޓް އެކައުންޓްތައް ކްލޯސް ކުރުމުގެ މަސައްކަތް މޮނިޓަރކުރުން
  • ބޭރުގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ ރައުސުލްމާލު ކަނޑައެޅިފައިވާ މުއްދަތަށް ދައްކަމުންދޭތޯ ބެލުން
  • ދައުލަތުގެ ދަރަނި އަދާކުރަންޖެހޭ ތާރީޚުތަކަށް ދަރަނި އަދާކުރަމުންދޭތޯ ބެލުން
  • ދައުލަތުގެ ދަރަނީގެ ތަފާސްހިސާބު ހިމެނޭ ރިޕޯޓްތައް ނިންމާތޯ ބެލުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވާތޯ ބެލުން
  • ދައުލަތުގެ ދަރަނީގެ ޓްރާންސެކްޝަންތައް ސީ.އެސް.ޑީ.އާރ.އެމް.އެސް ގައި ރިކޯޑު ކުރެވެމުންދޭތޯ ބެލުމާއި ގަވާއިދުން ސިސްޓަމް ބެކަޕް ނަގައި ރައްކާކުރޭތޯ ބެލުން
  • މުވައްޒަފުންގެ ރެސްޕޮންސިބިލިޓީއަށް ބަލައި، ސިސްޓަމް ބޭނުންކުރާނެ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކުގެ ރޯލު ކަނޑައެޅުން
  • ޑިވިޜަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕާރފޯމެންސް އެޕްރެއިސަލް ހެދުން

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުން މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.

އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- ވަޒީފާގެ ދާއިރާއިން ޓެކްނިކަލް ނޮލެޖް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

08 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335 / 3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ކުރުން ބޭއްވޭނެއެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ