މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ސީނިޔަރ ޕްރޮޖެކްޓް އޮފިސަރ (އެމް.އެސް 2)

މަޤާމު:

ސީނިއަރ ޕްރޮޖެކްޓް އޮފިސަރ (އެމް.އެސް 2)

ބޭނުންވާ އަދަދު:

1

މުސާރަ:

-/6,295 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް.2

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،  ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން / ރިސޯސް މޮބިލިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް

މަޤާމުގެ ޝަރުޠު:

  • އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޮމެންޓް ހޯދުމަށް އެކިއެކި އޮފީސްތަކުން ލިބޭ އެގްރީމެންޓް/އެމް.އޯ.ޔޫ/ރިޕޯޓް ފަދަ ލިއުންތަކަށް މި މިނިސްޓްރީގެ ކަމާބެހޭ ޑިވިޜަންތަކުން ކޮމެންޓް ހޯދައި އެފަރާތްތަކަށް ފޮނުވުން
  • އެކިއެކި އެހީދޭ ފަރާތްތަކުން ރާއްޖެއަށް ލިބެންހުރި އެހީގެ ބާވަތާއި، ފަރާތްތައް ދެނެގަނެ، އެހީ ހޯދުމުގެ މަސައްކަތް ކުރުން
  • ޑިވިޜަނުން ކުރާ މަސައްކަތާ ގުޅުންހުރި ކަންކަމުގައި އަންނަ ވަފްދުތަކަށް ޑިވިޜަނުން އަދާކުރަންޖެހޭ ރޯލް އަދާކުރުން.
  • މަޝްރޫޢުތަކަށް ފައިސާ ހޯދުމަށާއި، އަހަރީޖަލްސާތަކުގައި ބައިވެރިވުމަށް މިނިސްޓްރީގެ ވެރިން/ގަވަނަރުން ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމު ޑެސްކު އޮފިސަރުން ލައްވައި ރޭވުމުގައި އެހީތެރިވުމާއި، މިކަން ބެލެހެއްޓުން.
  • ހިލޭ އެހީއާ ލޯނުއެހީގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާއި އަދި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމާއި، މަޝްރޫޢުތަކަށް ދިމާވެފައިވާ މައްސަލަތައް ޑިވިޜަންގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ޑިވިޜަންގެ ވެރިންގެ ލަފާގެ މަތިން މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިޒާމުކުރުން.
  • ހިލޭ އެހީއާ ލޯނުއެހީގެ ދަށުން އަލަށް ފެށުމަށް ރާވާފައިވާ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށްޓަކައި ލިބޭ ހުށަހެޅުންތަކަކީ އެހީދޭ ފަރާތްތަކުގެ ސިޔާސަތަށް ފެތޭ މަޝްރޫޢެއްތޯ ބަލައި، ދައުލަތުގެ ސިޔާސަތަށް ފެތޭ މަޝްރޫޢެއްތޯ ބެލުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއަށް ފޮނުވުމާއި، ފަންޑިންގ އޮޕްޝަންތަކާއި، ރިސްކުތައް ބެލުމަށް މިޑްލް އޮފީހަށް ފޮނުވުން
  • އަހަރީ ރިޕޯޓަށާއި، ދައުލަތުގެ ބަޖެޓް އަދި ޑިވިޜަނުގެ ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުން މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.

އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- ވަޒީފާގެ ދާއިރާއިން ޓެކްނިކަލް ނޮލެޖް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

08 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/ 3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްއާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ