ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އިންޓަޕޯލް އެންސީބީ)

މަޤާމް :އިންޓެލިޖެންސް އޮޕަރޭޝަންސް އޮފިސަރ ގްރޭޑް 3
ބޭނުންވާ އަދަދު :2

ޕޭ ގްރޭޑް: PG05

މުސާރައާއި އެހެނިހެން އެލަވަންސް: 

- އަސާސީ މުސާރަ:  -/7,000 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ

- ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ 35 އިންސައްތަ): -/2،450 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވެގެން މަހަކު (އަސާސީ މުސާރައިގެ 60 އިންސައްތަ): -/4،200 ރުފިޔާ

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ 15 އިންސައްތަ): -/1،050 ރުފިޔާ

- ފުޑް އެލަވަންސް: ދުވާލަކަށް -/160 ރުފިޔާ

- ބޭސްފަރުވާކުރުން

މަޤާމުގެ ޝަރުތު:

- މަސައްކަތްކުރުމަށް ކަނޑައެޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

- ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރެވޭފަދަ ޤާބިލްކަން އިންޓަރވިއުގައި ނުވަތަ ދެވޭ ޓެސްޓަކުން ސާބިތުކޮށްދިނުން.

- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

- ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިންޓަރޕޯލް މެދުވެރިކޮށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މުޢާމަލާތްތައް ހިންގުން.

- ރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ ބޭރުޤައުމުތަކުގެ އެފަދަ އިދާރާތަކާއި ދެމެދު ކުރަންޖެހޭ މުޢާމަލާތްތައް ހިންގުން.

- އިންޓަރޕޯލް އެންސީބީ މާލޭގެ ފަރާތުން ރާއްޖެއާއި ރާއްޖެއިންބޭރުގައި އޮންނަ ބައްދަލުވުންތަކުގައި ބައިވެރިވުން.

- ޓްރާންސްނޭޝަނަލް ކްރައިމް ހުއްޓުވުމަށް ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:   މާލެ

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:  ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް: 

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 މާރިޗު 19 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

13 ޝަޢުބާން 1444

05 މާރިޗު 2023
ހޯދާ