މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިއިދާރާގެ އިޢުލާން ނަމްބަރު: (IUL)284-PR/284/2023/14 (23 ފެބްރުވަރީ 2023) އަށް އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

 

  1. 1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ މިލަންދޫގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ކޯޓޭޝަން ހުށައަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ކޯޓޭޝަންހުށަހެޅޭނެއެވެ. ނުވަތަ މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ. ކޯޓޭޝަން ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 2023 މާރިޗް 09 ވަނަ ދުވަހުގެ 12:00ގެ ކުރިން ކޯޓޭޝަން ހުށަހަޅަންޖެހޭނެއެވެ.
  3. ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ. ނުވަތަ މިއިދާރާއަށް ދުރުވުމުން އެފަރާތަކަށް ދޫކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

05 މާރިޗު 2023
ހޯދާ