މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ މިސްކިތްތަކުގެ އޭސީތައް މަރާމާތުކުރުމަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އަލުން އިޢުލާން ކުރުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިއިދާރާގެ އިޢުލާން ނަމްބަރު: (IUL)284-PR/284/2023/13 (23 ފެބްރުވަރީ 2023) އިޢުލާނުން މިރަށު މިސްކިތްތަކުގެ އޭސީތައް މަރާމާތުކުރުމަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

 

  1. ށ. މިލަންދޫ މަސްޖިދުލް އީމާން އަދި މަސްޖިދުއް ޞަފާގެ އޭސީތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ކޯޓޭޝަން ހުށައަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ކޯޓޭޝަންހުށަހެޅޭނެއެވެ. ނުވަތަ މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ. ކޯޓޭޝަން ހުށަހަޅަން ޝައުޤުވެރިވާ ފަރާތްތަކުން 2023 މާރިޗް 09 ވަނަ ދުވަހުގެ 12:00ގެ ކުރިން ކޯޓޭޝަން ހުށަހަޅަންޖެހޭނެއެވެ.
  3. ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.

05 މާރިޗު 2023
ހޯދާ