ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
6 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023

 6 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2023

މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 06 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 10 މެއި 2023 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ މި އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 26 މާރޗް 2023  ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންއަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް 30 އޭޕްރީލް 2023 ވާ އަދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނުގެ އޮފީހަށް ހުށައެޅުން އެދެމެވެ. ފޯމުތައް ލިބިވަޑައި ގަންނަވާނީ ގަލޮޅު ދަނޑުގައި ހުންނަ މި އެސޯސިއޭޝަންގެ އޮފީހުންނެއެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުގެ ތާރީޚެއްގައި އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުއްވުން އެދެމެވެ.

04 މާރިޗު 2023
ހޯދާ