އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ ހިތަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

އިޢުލާން

އައްޑޫސިޓީ  ހިތަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

އައްޑޫސިޓީ ހިތަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރު (IUL) 426-AB/426/2023/39 (25 ޖަނަވަރީ 2023) އިޢުލާނާއި، އަދި މިއިޢުލާނާޢި ގުޅިގެން "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" އާއި " އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" އަށް ބަދަލުތަކެއް އައިސްފައިވާކަން ބަޔާންކޮށް ކުރެވުނު ނަންބަރު (IUL)426-AB/426/2023/51 (1 ފެބްރުއަރީ 2023) ޢިއުލާނާއި ގުޅިގެން ދަންނަވަމެވެ.

ހަވާލާދެވުނު ނަންބަރު (IUL)426-AB/426/2023/51 އިޢުލާނުގައިވާގޮތުން އައްޑޫ ސިޓީ ހިތަދޫއިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 05 މާރިޗު 2023 ގެ 13:00 އެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް ހިތަދޫ އަވަށު އޮފީހުން ކަން ވަނީ އާންމުކޮށް އިޢުލާންކުރެވިފައެވެ.

ނަމަވެސް ގޯއްޗަށްއެދި ފޯމު ހުށަހަޅާ މީހުންގެއަދަދު ގިނަވުމާއި، ޗެކްކުރަންޖެހޭ ގިނަ މަޢުލޫމާތުތަކެއްވެސްހުރުމުން ފޯމް ބަލައިގަތުމުގައި ވަގުތު ނަގާނެތީއާއި، އަދިވެސް ފޯމުލާންބޭނުންވާ ގިނަބަޔަކު ތިބުމުން އެފަރާތްތަކަށް ފުރުސަތުއެރުވުމުގެ ގޮތުން 04 މާރިޗު 2023 ވާ ހޮނިހިރު ދުވަސް އެއީ ފޯމުބަލައުގަންނަ ދުވަހެއްގެގޮތުގައި ހަމަޖައްސައި އެދުވަހުގެ 10:00 އިން 14:00 އަށްވެސް ހިތަދޫ އަވަށު އޮފީހުން ފޯމް ބަލައިގަންނާނެ  ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10 ޝައުބާން 1444

02 މާރިޗު   2023

02 މާރިޗު 2023
ހޯދާ