ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މޭސަން

މޭސަން
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

 

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަފުށި

 

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މޭސަނަރީ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން .(ނުވަތަ)
  • މަސައްކަތާއި ގުޅުންހުރި ސަނަދެއް / ލައިސެންސްއެއް ލިބިފައިވުން.


މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ހިންގާ ޕްރޮޖެކްޓްސްތަކުގެ މޭސަނަރީއާއި ގުޅުންހުރި އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތަށް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ރޭނުމާއި ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، އިމާރާތްތަކާއި ތަންތަނުގެ މަރާމާތުގެ މަސައްކަތް ކުރުން.
  • އިމާރާތުގެ ފާރުތަކުގައި ހަލާކުވާ ތަންތަން ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.
  • ތަންތަން ރޭނުމާއި ސިމެންތި ޖެހުމާއި، ޕުޓީގެ މަސައްކަތްތައް ކުރުން.
  • ގަލާއި ހިލައާއި ކޮންކްރީޓް ބްލޮކް ބޭނުންކޮށްގެން ހިނގާ ތަންތަން ހެދުމާއި، ސިޑިފަދަ ތަންތަން ސިމެންތިން ހެދުމާއި މަރާމާތުކުރުން.
  • ޕްރޮޖެކްޓްތަކާއި ހަވާލުކުރެވޭ މަސައްކަތްތަށް ދެވޭ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުން.
  • އެކުގައި މަސައްކަތްކުރާ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، މިކަމަށް ހެދިފައިވާ ގަވާއިދެއް ވާނަމަ އެގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.
  • މޭސަނަރީއަށް ބޭނުންވާނެ އާލާތްތައް ހަމައަށް ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.


މުސާރަ: 12،500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

 

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

 

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 9 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv/ )


އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

02 މާރިޗު 2023
ހޯދާ