ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ބޯޓު ކެޕްޓަން

މޭސަން
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

 

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • ނިޔަމި ކަމުގެ ލައިސަންސް އޮތުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަންގެ އުޅަނދުތަކުގައި ކަނަޑައެޅިފައިވާ ޝެޑުއުލާއި އެއްގޮތަށް މާލިމީއެއްގެ ހައިސިއްޔަތުން ދަތުރުތައް ކޮށްދިނުމާއި އުޅަނދު ބެލެހެއްޓުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ކަނޑުދަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މާލިމީގެ ހުރިހާ ޒިންމާތައް އަދާކުރުން.
  • އުޅަނދުގައި މަސައްކަތްކުރާ ފަޅުވެރިންގެ ކަންތައްތައް ބެލެހެއްޓުމާއި ފަޅުވެރިން މަސައްކަތަށް އަހުލުވެރި ކުރުވުމާއި ޒިންމާދާރު ކުރުވުން.
  • އުޅަނދުގައި ހަރުކޮށްފައިހުންނަ ތަކެއްޗާއި ހިފާގެންގުޅޭ އާލާތްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި އެތަކެއްޗަށް ޒިންމާވުން.
  • އުޅަނދުގައި ސަލާމަތީކަންތައްތައް ބަރާބަރަށް ހަމަޔަށް ހުރިތޯބަލައި މައްސަލައެއް ހުރިނަމަ އަންގަންޖެހޭ ފަރާތްތަކަށް އަންގައިގެން ހައްލުކުރުން.
  • އުޅަނދު ސާފުކޮށް ބެލެހެއްޓުމާއި އުޅަނދުގެ ބޭރުގައި ޖަހާ ފެހިކަހާ ސާފުކުރުމާއި، މަރާމާތުގެ މަސައްކަތެއް ކުރަންޖެހިއްޖެ ހިނދެއްގައި އެކަމުގައި އެހީތެރިކަންދީ އަމަލީގޮތުން ބައިވެރިވުން.
  • އުޅަނދު މަރާމާތަށް އެހެލަންޖެހިއްޖެނަމަ، އެހެލާތަނަކަށް އުޅަނދާއި ފަޅުވެރިން ގޮވައިގެން ދިޔުމާއި، މަރާމާތުގެ މަސައްކަތް ނިމެންދެން އެތަނެއްގައި އުޅަނދުބެލެހެއްޓުން
  • އުޅަނދުގައި ސޭންޑަރުއަޅައި ދަވާދުލާ ތެޔޮދުއްވުމުގައި އަމަލީގޮތުން ބައިވެރިވުން.
  • އުޅަނދު ތޮށިގަނޑަށް ނުވަތަ އެހެން އުޅަނދަކާއި ގާތްކުރާއިރު އުޅަނދަށް ގެއްލުމެއް ނުވާގޮތަށް ފަރުވާތެރިކަމާއެކު ބެލެހެއްޓުން. އަދި އުޅަނދު ބަނދަރުގައި ނުވަތަ ފައްތިޔަލުގައި އަޅާފައި އޮންނައިރު އުޅަނދަށް ގެއްލުން ނުވާގޮތަށް ބޭއްވުމާއި، މޫސުންގޯސްވެ ކަނޑުގަދަވާ ދުވަސްދުވަހު ފަރުވާތެރިކަމާއެކު އުޅަނދު ބެލެހެއްޓުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ފަތަން އެގުމާއި ސަލާމަތީ ކަންތައްތައް އެނގުން.
  • މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއި އެކު ކުރުން
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ އަދި ސިއްޙަތު ސަލާމަތުންހުރި މީހެއް ކަމުގައިވުން.


މުސާރަ: 12,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

 

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

 

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 9 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv/ )

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

02 މާރިޗު 2023
ހޯދާ