ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ މަސްޖިދުލް ރަހްމާނުގައި ކާޕެޓު އަޅާއިދޭނެ ފަރާތެއް ހޯދުން.

މި އިޢުލާންވަނީ 03 މާރިޗު 2023 17:33 ގައި ބާތިލް ކުރެވިފައެވެ.


         މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކ ކޮޅުމަޑުލު ތިމަރަފުށީ މަސްޖިދުލް ރަހްމާނުގައި ކާޕެޓު އަޅާއިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ  ޖަމާޢަތްތަކަށެވެ.

         މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2023 މާރޗް 5 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

         ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 މާރޗް 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 13:00 ގައެވެ.

02 މާރިޗު 2023
ހޯދާ