މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީން 25 ނޮވެންބަރު 2014 ގައި ކުރި ނަންބަރު IUL)459-HRM/1/2014/1021  އިޢުލާނުގެ މުއްދަތު 2014 ޑިސެންބަރު 11 އަށް ވަނީ ހަމަވެފައެވެ. ނަމަވެސް 2014 ޑިސެންބަރު 7 ން ފެށިގެން  ޑިސެންބަރު 11 ގެ ނިޔަލަށް އައި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވެފައިވާތީ، 2014 ޑިސެންބަރު 22 ފެށިގެން  އިޢުލާން އަލުން ގެޒެޓްކުރަމެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސެބިލިޓި ސެކްޝަން.

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ޤަވާއިދުތަކާއި ގައިޑްލައިންތައް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި، ޢުމުރުންދުވަސްވީ މީހުންނަށް އާއިލާތަކުން ނުވަތަ މުޖުތަމަޢުން ކޮށްދެވިދާނެ ކަންތަކާބެހޭ ޕްރޮގްރާމްތައް އެކުލަވައިލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އަޅާލާނެ މީހަކުނެތް އުމުރުން ދުވަސްވީ މީހުން ރިޕޯޓުކުރާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ތެރެއިން ކުރަންޖެހޭ އެންމެހައި މަސައްކަތް ހިންގައި ބެލެހެއްޓުން.
  4. ދައުލަތުގެ ބެލުމުގެދަށުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ އުމުރުން ދުވަސްވީ މީހުން، އެފަދަ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  5. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަންދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތި، އެހީގެގޮތުގައި ހޯދުމަށް ބޭނުންވާ އެންމެހައި މަސައްކަތްތަކާއި، "ޕްރޮޖެކްޓް ޕްރޮޕޯޒަލް" ތައްޔާރުކުރުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  6. ޔުނިޓުގައި މަސައްކަތްކުރާ އެހެން މުވައްޒަފުން ސްޕަވައިޒްކުރުމާއި، އެޕްރައިޒަލް ހެދުން.
  7. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެން މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.
  8. ސިވިލް ސަރވިސް ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން.

މަޤާމު

އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ

ބޭނުންވާ ޢަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސްއެބިލިޓީ ސެކްޝަން.

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލް ސައިންސްގެ ރޮނގުން ސެޓްފިކެޓް ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގައި މިނިސްޓްރީ ތަމްސީލުކޮށް، ކައުންސިލުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުން.
  2. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ޑިވިޝަނުގެ ފަރާތުން ކުރާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ޔުނިސެފް، ޑަބްލިޔު.އެޗް.އޯފަދަ އެހެނިހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ވާރކް ޕްލޭންގެ ދަށުން ހިންގުމަށް ހަމަޖެހޭ ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  4. އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ލީފްލެޓާއި، ޕޯސްޓަރާއި، މިނޫންވެސް މިފަދަ މައުލޫމާތު ހިމެނޭ މެޓީރިއަލްސް ތައްޔާރުކޮށް، އަތޮޅުތަކުގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރތަކަށް ފޮނުވުމުގައި އެހީތެރިވެދިނުން.
  5. އުމުރުންދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން މުޖުތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތައް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުމުގައި އެހީތެރިވުމާއި، ރިޕޯޓް ތައްޔާރުކުރުން.
  6. މަސައްކަތު ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމްފަދަ ކަންކަމަށް ޑިވިޝަނުން ހުށަހަޅާ މަޢުލޫމާތު ކަރުދާހާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  7. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ ސެކްރެޓޭރިއެޓަށް އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމު

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:ޖީއެސް 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސްއެބިލިޓީ ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ'ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ޑިވިޝަނުގެ ފަރާތުން ކުރަންޖެހޭ ކަންކަމުގައި ފަންނީ އެހީތެރިކަމާއި އިދާރީ އެހީތެރިކަން ފޯރުކޮށްދީ އެކަންކަން ބެލެހެއްޓުން.
  2. ޔުނިސެފް، ޑަބްލިޔު.އެޗް.އޯފަދަ އެހެނިހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ވާރކް ޕްލޭންގެ ދަށުން ހިންގުމަށް ހަމަޖެހޭ ޙަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  3. އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްތަކައި ލީފްލެޓާއި، ޕޯސްޓަރާއި، މިނޫންވެސް މިފަދަ މައުލޫމާތު ހިމެނޭ މެޓީރިއަލްސް ތައްޔާރުކޮށް އަތޮޅުތަކުގެ ފެމެލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރތަކަށް ފޮނުވުމުގައި އެހީތެރިވެދިނުން.
  4. އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން މުޖުތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތައް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުމުގައި އެހީތެރިވުމާއި، ރިޕޯޓް ތައްޔާރުކުރުން.
  5. މަސައްކަތު ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމްފަދަ ކަންކަމަށް ޑިވިޝަނުން ހުށަހަޅާ މަޢުލޫމާތު ކަރުދާހާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
  6. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ ސެކްރެޓޭރިއެޓަށް އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.
  7. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތްކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) (އެކްރިޑިޓްނުކުރާ ސެޓްފިކެޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު، ގުޅޭނެ ފޯނު ނަންބަރާއެކު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ކިޔަން އެނގޭވަރުގެ ސާފު ކޮޕީ)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނާރުފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2014 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 2:30 ގެ ކުރިން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ހުރަވީ ބިލްޑިންުގައި ހުންނަ) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހުރަވީ ބިލްޑިންގުގެ ފުރަތަމަ ފަންގިފިލާގައި،

2015 ޖެނުއަރީމަހުގެ ތެރޭގައި.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

22 ޑިސެންބަރު 2014
ހޯދާ