ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީކައުންސިލްއިދާރާގެ ވަށާފާރާއި،އިމާރާތުގައި ކުލަ، ދަވާދުލުމާއި ބެހޭ

                އިޢުލާން 

         ހުޅުދެލީ ކައުންސިލްއިދާރާގެ ބޭރުފާރާއި، ޢިމާރާތުގެ ފާރުތަކުގައި ކުލަ،ދަވާދުލާން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރޗް 2023 ވާ(އާދިއްތަ) ދުވަހުގެ 13:00އަށް މިކައުންސިލަށް ވަޑައިގެން  އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

         އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގަ އެވެ. ގަޑި ޖެހުމުގެ ފަހުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ، ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަންވާނެއެވެ.

          އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރި ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރ:19/2019) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް ކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށައެޅުއްވުމުގައި ކޮންމެ މީހަކަށް ވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ. މި މަސައްކަތާއި ބެހޭ މައުލޫމާތު ޝީޓު މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

         ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

         10   ޝަޢުބާން   1444  

          02   މާރޗް    2023

02 މާރިޗު 2023
ހޯދާ