ދިވެހިރާއްޖެ
މީހުން ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އާ ގުޅިގެން ހިންގާ ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ބައިވެރިންނަށް ތަމްރީނުދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ މަޤާމް: ޓްރެއިނަރ
ބޭނުންވާ އަދަދު: 3
މަސައްކަތުގެ މުއްދަތު: 3 މަސްދުވަސް
މަސައްކަތުގެ ވަގުތު: ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހު 03:00 އަށް (އޮފީހުން ބޭޏުންވެއްޖެ ޙާލަތެއްގައި ހަވީރު 5:00 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއެއްގެއިރަށް -/200 ރުފިޔާ.
ގިންތި: ވަގުތީ
ފެންވަރު/ޝަރުޠު:
1. ފާމަސިސްޓްކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. ފާމަސިސްޓްކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. ފާމަސިސްޓްކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
މައިގަނޑު މަސައްކަތްތައް:
ފާމަސީ އެސިސްޓެންޓުން ތަމްރީނުކުރާ ކޯހުގެ ކިޔަވައިދިނުމާގުޅޭ އެންމެހައި ކަންކަން ކުރުން.
މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަވިއުކުރުން.
ހ. ޓްރެއިނަރުން ހޮވުމަށް އިންޓަރވިއު އޮންނާނީ، 2015 ޖަނަވަރީ 18 އާއި 21 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް އެޓެސްޓްކޮށްފައިވާ)
ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / ހ. ވެލާނާގެ (1 ވަނަ ފަންގިފިލާ) ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 5 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި މަސައްކަތް ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ ނަންބަރު 3344077 / 3341313 ފޯނަށް ގުޅުން އެދެމެވެ.
3 ރަބީޢުލްއައްވަލް 1436