މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ނެޓްވޯކް ސެކިއުރިޓީ ހަރުދަނާކުރުމަށް ފަޔަރވޯލް އެއް ހޯދުމާއި ގުޅޭ

`

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ                                            

                                               (IUL)10-F/10/2023/40 :ނަންބަރު

އިޢުލާން

މިމިނިސްޓްރީގެ ނެޓްވޯކް ސެކިއުރިޓީ ހަރުދަނާކުރުމަށް ފަޔަރވޯލް އެއް ހޯދުމާއި ގުޅޭ

މިމިނިސްޓްރީގެ ނެޓްވޯކް ސެކިއުރިޓީ މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާތީ، މި އިޢުލާނާއި އެއްކަރުދާސް ކޮށްފައިވާ ސްޕެސިފިކޭޝަން ހިމެނޭ ފަޔަރވޯލް އެއް މި މިނިސްޓްރީއަށް ވިއްކާނެ

ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

 

ބީލަމުގައި ރަޖިސްޓްރީވުން

މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2023 މާރިޗު 07 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިއާޔަތްކޮށް މިނިސްޓްރީގެ [email protected]

 އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ

ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.)

 

ބީލަން ހުޅުވުން

މި ބީލަމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކުން، 2023 މާރިޗު 13 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން

އެދެމެވެ. 

 

 

02 މާރިޗު 2023
ހޯދާ