މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫއިން ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު) އަށް ރިޢާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް ހިންގަމުންގެންދާ ސިޔާސީ ޕާޓީތަކަށެވެ. މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓާއި، ސިޔާސީ ޕާޓީތަކަށް ނ. ކެނދިކުޅުދޫއިން ބިން ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު (ގެޒެޓްކޮށްފައިވާ) އެއްކަރުދާސްކޮށް ޝާއިޢުކުރަމެވެ.

މަޢުލޫމާތު ސެޝަން

07 މާރިޗު 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން

12 މާރިޗު 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

01  މާރިޗު   2023

01 މާރިޗު 2023
ހޯދާ