އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯޓްސް ކޮމްޕްލެކްސްގެ 2ވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AD/38/2023/93 :ނަންބަރު

 

އިޢުލާން

މޯލްޑިވްސް ޕޯޓްސް ކޮމްޕްލެކްސްގެ 2ވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މި ކޮމިޝަނުންދީފައިވާ މަޢުލޫމާތާއި އެއްގޮތަށް، މޯލްޑިވްސް ޕޯޓްސް ކޮމްޕްލެކްސްގެ 2ވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)38-AD/38/2023/45 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީވެ އެބީލަންތައް ބާޠިލުކޮށް، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 13 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މަރާމާތުކުރާތަން، މޯލްޑިވްސް ޕޯޓްސް ކޮމްޕްލެކްސްގެ 2ވަނަ ފަންގިފިލާ ޗެކްކުރުމުގެ އިންތިޒާމް 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 13:00 އިން ފެށިގެން 15:00 އާއި ހަމައަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 12 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

01 މާރިޗު 2023
ހޯދާ