ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ކަލެކްޓިންގ އޮފިސަރ (ސުޕަވައިޒަރ)

އިޢުލާން

މަޤާމު

ކަލެކްޓިންގ އޮފިސަރ (ސުޕަވައިޒަރ)

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހޯނޑެއްދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ)

މަހު މުސާރަ / އުޖޫރަ

މަހަކު  -/4465ރ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަހެއް)

އެޑެންޓެންސް އެލަވަންސް  - (ނުކުންނަ ކޮންމެ ދުވަހަކަށް 65 ރުފިޔާ)

ސަޕޯޓިންގ ކޯ އެލަވަންސް -/700ރ (ހަތް ސަތޭކަ ރުފިޔާ)

މިނިމަމް ވޭޖް އެލަވަންސް -/1100ރ (އެއްހާސް އެއް ސަތޭކަ ރުފިޔާ)

އިތުރު ގަޑި:

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ލިބޭނެއެވެ.

އިތުރު ޢިނާޔަތް

ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މަސައްކަތު ވަގުތު

ހަފްތާއަކު 06 ދުވަހު ކޮންމެ ދުވަހަކު 06 ގަޑިއިރު (ކައުންސިލުން ނިންމާ ވަކި ގަޑިތަކެއްގައި) ކޮންމެ ހަފްތާއަކު 01 ދުވަސް އޮފް ދުވަހެއްގެ ގޮތުގައި ލިބޭނެއެވެ.

ކޮންޓްރެކްޓް ކުރެވޭ މުއްދަތު

މީލާދީ 01 (އެކެއް) އަހަރުދުވަސް

  • މަސައްކަތަށް ރަނގަޅުނަމަ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭގޮތަށް

މަޤާމުގެ ޝަރުތުތައް

ގްރޭޑް 10 ނިންމާފައިވުން. ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ ޖީ،އެސް3 އިން ފެށިގެން މަތީ ރޭންކުގެ ވަޒީފާއެއް އަދާކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ގޭބިސީތަކުން ކުނި ކަލެކްޓްކުރުމަށް ކައުންސިލުން އެކުލަވާލާ ތާވަލާއި އެއްގޮތަށް ކަލެކްޓިންގ އޮފިސަރުން މެދުވެރިކޮށް ގޭބިސީތަކުން ކުނި ކަލެކްޓްކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.
  3. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނީގެ ގޮތުގައި ޖަމާކުރެވޭ ތަކެތި ވަކިކޮށް ވީހާވެސް ކުޑަ ޖާގައެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޭރުގައި ވަށައިގެން ފަޅާފައި ހުންނަ ގަސްތައް ނޮޅައި ސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ކުންޏާބެހޭގޮތުން ހަމަޖެހިފައި އޮންނަ އުޞޫލާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއަށް ފޯރުކޮށްދިނުން.
  6. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އެންގުން އަދި ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި، ކަލެކްޓިންގ އޮފިސަރުން މެދުވެރިކޮށް ކުރެވެން ހުންނަ މަސައްކަތްތައް ކުރުވުން.
  7. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުން ކުރާ އަދި މަސައްކަތުގައި ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
  8. ވެހިކަލްގައި އެކި ބާވަތްތަކުގެ ކުނި ވަކި ވާގޮތަށް ޑަސްބިން ބަހައްޓާ އެގޮތަށް ކުނި އެޅުމާއި ކުނިކޮށްޓަށް އެކުނިތައް އުފުލުމާއި ކުނިތައް ތަރުތީބު ކުރުމުގައި ކަލެކްޓިންގ އޮފިސަރުންނަށް ދޭންޖެހޭ އިރުޝާދު ދިނުން.
  9. ވެހިކަލް އާއި ޑަސްބިންތައް ދޮވެ ސާފްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވާ ޤަވާއިދުން ޗެކްކޮށް ބެލެހެއްޓުން.
  10. ކުނި ވަކިނުވެ ހުންނަ ގެތަކާއި ތަންތަނާއި ހާއްސަ ކުނި ގެންގުޅުމުގައި ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކުގެ މަޢުލޫމާތު ނޯޓު ކުރުމާއި އެފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުން.
  11. އިޖުތިމާޢީ ސަރަޙައްދު ނުދިއްލޭ ބައްތިތައް ނޯޓްކޮށް ކައުންސިލަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  12. ބަނދަރު ސަރަޙައްދުން ފެނާއި ކަރަންޓް ބޭނުންވާ ފަރާތްތަކަށް އެ ޙިދުމަތް ކައުންސިލުން ހަމަޖައްސާ އުޞޫލާއި އެއްގޮތަށް ދޫކޮށް ބެލެހެއްޓުން.
  13. ރަށު ތެރޭގައި ހިނގާ ޤަވާއިދާއި ޚިލާފު ކަންތައްތައް އެނގޭ މިންވަރަކުން ކައުންސިލާއި ޙިއްޞާ ކުރުމާއި، ރަށުގައި ހިނގާ ޕްރޮޖެކްޓްތައް ކައުންސިލުން އަންގާ ގޮތެއްގެމަތިން ސްޕަވައިޒްކޮށް ބެލެހެއްޓުން.
  14. ކައުންސިލުން ފާސްކުރާ އުޞޫލާއި އެއްގޮތަށް ބަނދަރު ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ރާވާ ބެލެހެއްޓުން.
  15. މީގެ އިތުރުން ކައުންސިލުން ރާވާ ހިންގާ އެންމެހާ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ އަދި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  5. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް އޮތްނަމަ ލައިސަންސުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ. (މިބައިގެ ތަފްޞީލް "ހޯނޑެއްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފުންނާއިބެހޭ އުޞޫލު" ގައި ވާނެއެވެ.)

  1. 1.      ތަޢުލީމް%30
  • އަސާސީ ޝަރުޠު ހަމަކުރުމަށް ބޭނުންކުރެވޭ ސެޓްފިކެޓްތަކަށް 25 މާކްސް އަދި އެއަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހާޅާފައިވައިނުވާނަމަ އިތުރު 5 ޕޮއިންޓް ނުލިބޭނެއެވެ.

 

  1. 2.      ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން%5
  • މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ ކުނި މެނޭޖުކުރުމުގެ ދާއިރާ ނުވަތަ ރީސައިކަލް ކުރުމާއި ކާދު ހެދުމާބެހޭ ދާއިރާއަކުން ކުރު މުއްދަތުގެ ތަމްރީން، ވޯރކުޝޮޕް ސެމިނަރ އެއް ފުރިހަމަކޮށްފައިވޭތޯއެވެ.
  1. 3.      މަސައްކަތުގެ ތަޖުރިބާ %20
  • މި ބަޔަށް ޕޮއިންޓް ދިނުމުގައި މަސައްކަތާއި ގުޅުންހުރި ތަޖުރިބާ ކަމުގައި ބަލާނީ ވޭސްޓް މެނޭޖްމަންޓް ދާއިރާ، މަސައްކަތު މުވައްޒަފެއްގެ ވަޒީފާ އަދި ލޭބާރއެއްގެ ވަޒީފާގައި އުޅެފައިވާނަމައެވެ.

(މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)

  1. 4.      ޢުމުރުފުރާ %5
  2. 5.      ލިބިފައިވާ ހުނަރު (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %40

ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތައް ހޯނޑެއްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފުންނާއިބެހޭ އުޞޫލުގައި ހިމަނާފައިވާނެއެވެ.

ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %60 އިންސައްތައަށްވުރެ މަތިން ލިބިގެންނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މާރިޗު 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2023 މާރިޗު 12 ވަނަ ދުވަހާއި 2023 މާރިޗު 20 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

01 މާރިޗު 2023
ހޯދާ