މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
Iulaan - Selection of Pop Up Stall Participants for Visit Maldives Storyteller's Conference 2023

      މި ކޯޕަރޭޝަނުން މި އަހަރު މެއި މަހު ބޭއްވުމަށް ރާވައިފައިވާ "ސްޓޯރީ ޓެލާސް ކޮންފަރެންސް 2023" ގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 6 ޕޮަޕްއަޕް ސްޓޯލްގައި ދިވެހި މަސައްކަތްތެރިކަމުގެ ހުނަރު ދައްކުވައިދިނުމަށް 6 ފަރާތާކަށް ފުރުޞަތް ހުޅުވާލަމެވެ. ސްޓޯލް ތަކުގައި ދައްކުވައިދޭން ބޭނުންވާ މަސައްކަތްތެރިކަމުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

ސްޓޯލް 1: ކުރެހުން

ސްޓޯލް 2: ކާވް ކުރުން

ސްޓޯލް 3: ތަކެތި ވިއުން

ސްޓޯލް 4: ދިވެހި ކެއުންތައް

ސްޓޯލް 5: ގަހަނާ އާއި ދިވެހި ފެޝަން

ސްޓޯލް 6: ވެލްނެސް އާއިގުޅޭ ދިވެހި އުފެއްދުންތައް

          ވީމާ، މި ސްޓޯލް ތަކުގައި މަސައްކަތްތައް ދައްކުވައިދޭން ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަންއެއް 2023 މާރިޗް 06 ވާ  ހޯމަ ދުވަހުގެ ހެނދުނު  10:00 ގައި، ހ. ޒޮނޭރިޔާގެ،  4  ވަނަ  ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހުގައި އޮންނާނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަންއަށް ވަޑައިގަތުމަށް ދައުވަތުއަރުވަމެވެ. މަޢުލޫމާތު ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެވާހަކަ ދަންނަވަމެވެ.

        މި އިޢުލާނާއިއެކު އެޕްލިކޭޝަން ފޯމް އެޓޭޗްކުރެވިފައިވާނެއެވެ. އެޕްލިކޭޝަން ބަލައިގަންނާނެ ފަހުތާރީހާއި ގަޑިއަކީ 2023 މާރިޗް 09 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް އެޕްލިކޭޝަން ފޯމްގައިވާ އީމެއިލް މެދުވެރިކޮށެވެ. މިތާރީހުގެ ފަހުންލިބޭ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.                             

 

                           10 ޝައުބާން 1444

28 ފެބްރުއަރީ 2023

 

28 ފެބުރުވަރީ 2023
ހޯދާ