މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގެ ފޭސް 1 ގައި އިމާރާތް ކުރެވިފައިވާ (ލޮޓް ނަންބަރު 11489) ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގާ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހުޅުމާލޭގެ ފޭސް 1 ލޮޓް ނަންބަރު 11489 ގައި އިމާރާތް ކުރެވިފައިވާ

ޕްރީ ސްކޫލް،މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގާ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން:

1. ހުޅުމާލޭގެ ފޭސް 1 ލޮޓް ނަންބަރު 11489 ގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2023 ފެބުރުވަރީ 28 ން 2023 މާރިޗު 11 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރުމަށްފަހު، 500/-ރ. (ފައްސަތޭކަ) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް  ދައްކަވަންޖެހޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:forms.moe.gov.mv

4. ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނީ 2023 ފެބްރުވަރީ 28 ން 2023 މާރިޗު 13ގެ 14:00 ގެ ނިޔަލަށްމިނިސްޓްރީ އޮފް ފިނޭންސްގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ފައިސާ ދެއްކުމުގައި ޢަމަލުކުރަންވީ ގޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

5. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރިޗު 13 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

6. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗު 30 ވަނަ ދުވަހުގެ 11:00 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 3 ގައެވެ.

8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341436,3341403

އީ-މެއިލް: [email protected]

28 ފެބުރުވަރީ 2023
ހޯދާ