މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ޙާފިޠުންގެ ހުރުމާއި ކެއުން ހަމަޖެއްސުމާ ގުޅޭ

އިޢުލާން

1444 ވަނަ އަހަރު ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ޙާފިޠުންގެ ހުރުމާއި ކެއުން ހަމަޖެއްސުމާ ގުޅޭ.          

1444 ވަނަ އަހަރުގެ ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ޙާފިޠް ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2023 ވާ ( ބުރާސްފަތި ) ދުވަހުގެ 00:14 ގެ ކުރިން ބަޔާން ކުރެވުނު މަސައްކަތް ކޮށްދޭނެ އަގު އެނގޭނެހެން  މިއިދާރާއަށް ސިޓީއަކުން ހުށައެޅުމަށް ދެންނެވީމެވެ . އަދި ދަންނަވަމެވެ. މި މަސައްކަތް ހިލޭ ސާބަހަށް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތެއްވާނަމަ އެފަދަ ފަތާތްތަކުންވެސް މަތީގައިވާ މުއްދަތުގެ ތެރޭގައި ލިޔުމަކުން މިއިދާރާއަށް ހުށައެޅުމަށް ދެންނެވީމެވެ .

މި މަސައްކަތް ކޮށްދިނުމަށް 01 (އެކެއް) ފަރާތައްވުރެ ގިނަފަރާތުން ހުށައަޅާފައިވާނަމަ  ޙަވާލު ކުރާނެ ފަރާތެއް ހޮވާނީ އެންމެ ކުޑަ އަގެއް ހުށައަޅާ ފަރާތަކަށް އިސްކަންދޭ އުޞޫލުންނެވެ.

       08 ޝަޢުބާން  1444

      28  ފެބުރުވަރީ   2023  

28 ފެބުރުވަރީ 2023
ހޯދާ