ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު IUL)GS56/2014/30) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

1. މަސައްކަތް:

  ސްކޫލުގެ ބައެއް ތަންތާނގެ ސީލިންގ މަރާމާތުކުރުން، ފެންތާނގީތައް ބަހައްޓާފައިހުރި ތަނުގެ ފުރާޅު ޓިނު ބަދަލުކުރުން.

2. މަސައްކަތުގެ ތަފުސީލު:

   އޮފީސް އިމާރާތް

  •  ދެކޮޅު ކުކުޅުވަހީގައި ޖަހާފަހުރި 4 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

   ހޯލް އިމާރާތް

  • ދެކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 4 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

   ތިން ކްލާސްރޫމް އިމާރާތް

  • އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

   ދެ ކްލާސްރޫމް އިމާރާތް

  • ހުޅަނގުކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

   ހަ ކްލާސްރޫމް އިމާރާތް

  • އިރުމަތީކޮޅު ކުކުޅުވަހީގައި ޖަހާފައިހުރި 2 ނަލަފިލާ ނައްޓާލައި ލަކުޑިފަތި އަޅައި ސިމެންތި ނަލަފިލާ ޖެހުން.

   އިމާރާތްތަކުގެ އަސްކަނި ސީލިންގ މަރާމާތުކުރުން (އިރުމަތީ ފަރާތު ފާހާނާ ބަރިއާއެކު)

  • 2 ފޫޓު 4 ފޫޓުގެ 34 ގޮޅި
  • ސިމެންތިފިލާއިން ސީލިންގކޮށް ލަކުޑި ދަށުފަތި އެޅުން.

   އިރުމަތީކޮޅު ފެންތާނގީތައް ހިޔާކުރުން

  • މިހާރުހުރި ޓިނުތައް ނަގައި ލައިސާޓް އަކުއާވެރިން ނުވަތަ އެފެންވަރުގެ އެކުލައިގެ ޓިނުޖަހައި ފެންފަށް އެޅުން.

    ފުރާޅުގެ މިންތައް: ދިގުމިން – 33 ފޫޓު

               ފުޅާމިން – 12 ފޫޓު

   މަރާމާތުކުރި ތަންތާނގައި ކުލައާއި ދަވާދުލުން

  • ނަލަފިލާގައި 2 ކޯޓް ދަވާދުލުން. (މަޑުފެހިކުލަ)
  • ސީލިންގގައި ކުލަލުން. (ހުދުކުލަ)

ސިމެންތި ނަލަފިލާގެ މިންތައް (ފިލައެއްގެ) :  ދިގުމިން - 20 ފޫޓު

                          ފުޅާމިން – 9 އިންޗި

                          ބޯމިން – 3/10 އިންޗި

އަންދާސީހިސާބު ހައްދަވާއިރު އެކި ބައިތަކަށް ވަކިވަކީން ހެއްދެވުން އެދެމެވެ.

މަސައްކަތަށް ބޭނުންކުރަންވާނީ ފެންވަރު ރަނގަޅު ސާމާނެވެ.

3. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

ހ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

ށ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

4. ޕޮއިންޓް ދޭނެގޮތް:

  • 80 ޕޮއިންޓް އަގަށް: އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް
  • 10 ޕޮއިންޓް މުއްދަތަށް: އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް
  • 10 ޕޮއިންޓް ތަޖުރިބާ: ދައުލަތުގެ މުއައްސަސާތަކަށް މިފަދަ މަސައްކަތް ކޮށްދީ، އެންމެ ރަނގަޅަށް ޚިދުމަތް ފޯރުވައިދިނުމަށް އެންމެ ގިނަ ޕޮއިންޓް

5. ހުށަހަޅަންޖެހޭ ތަކެތި:

ހ. ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، އަދި ކުންފުނީގެ ޕްރޮފައިލާއި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ، އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.

ށ. ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިބިފައިވާ ލިޔުންތައް. (ތަޖުރިބާއަށް ޕޮއިންޓްދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.)

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން 05 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00އަށް އަންދާސީހިސާބާއެކު ސްކޫލަށް ދުރުވެ ދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 7870146، 6600136 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

30 ޞަފަރު 1436

22 ޑިސެންބަރު 2014
ހޯދާ