މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑި ދޯނި ފަހަރު ބަނުމަށާއި ފައިބަރު މަސައްކަތް ކުރުމަށް ވާދޫއިން ބިން ދޫކުރުން

އިޢުލާން

 

އޮޑި ދޯނި ފަހަރު ބަނުމަށާއި ފައިބަރު މަސައްކަތް ކުރުމަށް ވާދޫއިން ބިން ދޫކުރުން

 

އޮޑި ދޯނި ފަހަރު ބަނުމަށާއި، ފައިބަރު މަސައްކަތް ކުރުމަށް ރ.ވާދޫއިން 5000 އަކަފޫޓުގެ 3 ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް، ބީލަން ފޮތް ގަތުމަށް އެދޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ބީލަން ފޮތް ދޫކުރާނީ ބީލަން ގަތުމަށްއެދޭ ފޯމު ހުށަހެޅުމާއިއެކު، ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތުގެ (ސޮފްޓް ކޮޕީގެ) އަގަކީ 500.00 (ފަސްސަތޭކަ ރުފިޔާ) އެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2023 މާރޗް 01 އިން 2023 މާރޗް 09 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު މެއިލް ކުރާނަމަ، ފޯމު ލިބުނުކަން ކަށަވަރު ކުރުމަކީ ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. 2023 މާރޗު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ފަހުން ބީލަން ފޮތް ނުވިއްކޭނެއެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. ބީލަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތު މިއިދާރާއިން ހޯދުމަކީ، ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ބަލައިގަތުމާއި، ބީލަން ކެނޑުން އޮންނާނީ 2023 މާރޗް 13 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ނުވަތަ ކުރިންވެސް ބީލަން ބަލައެއް ނުގަނެވޭނެއެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިއިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، މިއިދާރާގެ ނަންބަރު 4000299 އާއި ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ސާފުކުރުމަށް ދަންނަވަމެވެ.

07 ސައުބާން 1444

27 ފެބުރުވަރީ 2023
ހޯދާ