އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ އަވަށު މަގުތަކުގައި ހުއްދަ ނެގުމަކާއި ނުލައި ބަހައްޓާފައިވާ ތަކެތި ނެގުމާއި ގުޅޭ

އިޢުލާން

            ހިތަދޫ މަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް މަގުތަކުގައި ތަކެތި ބަހައްޓާފަ ހުރުމުގެ ސަބަބުން މަގު ހެދުމުގެ މަޝްރޫޢު އަށް ދަތިވެ، މަސައްކަތް ނުކުރެވި ދިގުލައިގެން ދާކަން ފާހަގަ ކުރަމެވެ.

            މިގޮތުން ހިތަދޫ ފަހިވާމަގު (ކޮށި ނަންބަރު: 208-241) ، ސިނާއީގޯޅި (ކޮށި ނަންބަރު: 226-227) އަދި ސިނާއީމަގު (ކޮށި ނަންބަރު: 209-243) ގައި ބަހައްޓާފައިވާ ހަލާކުވެފައިވާ އެއްގަމު އުޅަނދާއި އުޅަނދުގައި ބައިތަކާއި އަދި އެހެނިހެން ސާމާނު ހުރުމުގެ ސަބަބުން އެމަގު ތަކުތަކުގެ މަސައްކަތް ކުރިޔަށް ނުގެންދެވި ފައިވެއެވެ.

            މިދެންނެވި މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި އަދި މީނޫނަސް އެއްވެސް މީހެއްގެ އެއްވެސް އެއްޗެއް ހުއްދަ ނެގުމަކާއި ނުލައި މިމަގު ތަކުގައި ބަހައްޓާފައި ވާނަމަ މިއަދުން (2023 ފެބްރުވަރީ 26 ން) ފެށިގެން 05 (ފަހެއް) ދުވަހުތެރޭ ނަންގަވައި ނިންމެވުމަށް ދަންނަވަމެވެ.

            މި މުއްދަތު ގައި މިމަގުތަކުގައި ތަކެތި ނުންނަން ގަވައިފިނަމަ، ޤަވާއިދު ނަންބަރު: 2019/R-984 "ޢާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު" ވާގޮތުގެމަތިން ތަކެތި ނެގުމުގެ މަސައްކަތް މިއޮފީހުން ކުރިޔަށް ގެންދާނެވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޝައުބާން 1444

26 ފެބްރުވަރީ 2022

26 ފެބުރުވަރީ 2023
ހޯދާ